ނޭފަތް ބެދިގެން ބެލިއިރު ނޭފަތް ތެރޭގައި ފުޅަ

ތައިލޭންޑުގެ އަންހެނެއް ކަމަށްވާ ޖެކްސަންގެ ނޭފަތުން ނަގައިފައިވާ ފުޅަތައް -- ފޮޓޯ/ދަ މިރާ

ނޭފަތް ބެދިގެން ހޮސްޕިޓަލަށް ގެންދިޔަ އަންހެނެއްގެ ނޭފަތް ތެރެއިން ގިނަ އަދަދެއްގެ ފުޅަ ފެނިއްޖެއެވެ.

ތައިލޭންޑުގެ އަންހެނެއް ކަމަށްވާ އުމުރުން 59 އަހަރުގެ ޖެކްސަންގެ ނޭފަތް ބެދި ހަފުތާއެއްހާ ދުވަސްވެފައިވާއިރު، ފުރަތަމަ އޭނާ ހީކުރީ އެއީ ވައިގެ ތެރޭގައި ހުންނަ ހިރަފުހުން ވާކަމެއް ކަމަށެވެ.

ނަމަވެސް ނޭފަތުން ލޭ އަންނަން ފެށުމާ އެކު، އޭނާގެ ނޭފަތުން ކުދިކުދި ފުޅަތަކެއް ނުކުމެފައިވާ ކަމަށް ދަ މިރާ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި، ވަގުތުން ހޮސްޕިޓަލަށް ގޮސް އެކްސްރޭ ނެގިއިރު، އޭނާގެ މުޅި ނޭފަތް އެތެރޭގައި ފުޅަ ހުރި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ޖެކްސަންގެ ނޭފަތުން 100 އަށްވުރެ ގިނަ ފުޅަ ނަގާފައިވާ ކަމަށާއި ފުޅަތައް ބޭރުކުރުމުން އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް މިރާއިން ރިޕޯޓުކޮށްފައިވެއެވެ.

ފުޅަތައް ނުނަގާ ގިނަ ދުވަސް ވެއްޖެނަމަ، ލޯ އަދި ސިކުނޑި ފަދަ އިތުރު ގުނަވަންތަކަށް ފެތުރި، ފުރާނައަށް ނުރައްކާވުން ވެސް އެކަށީގެންވާ ކަމަށް ޑޮކްޓަރުން ބުނެއެވެ.

comment ކޮމެންޓް