ހުރިހާ ސިޓީއެއް އެމްޑީޕީއަށް ގެއްލި ސަރުކާރުން ހޯދައިފި

ރައީސް މުއިއްޒު، ޕީއެންސީގެ ހިނގާލުމެއްގައި: އެ ޕާޓީން ވަނީ މަޖިލީހުގެ މެޖޯރިޓީ ކަށަވަރުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މީގެ ކުރިން އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރަމުން އައި ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ މަޖިިލިސް ކޮންޓްރޯލް އެމްޑީޕީއަށް ގެއްލި، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ލިބިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިއަދު ބާއްވައިފައިވާއިރު މިހާރު ލިބެމުން އަންނަ ނަތީޖާތަކުން ދައްކާ ގޮތުން، ވެރިރަށް މާލޭގެ މަޖިލިސް ގޮނޑިތަކުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ގޮނޑިތައް ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީއިންނެވެ.

އެގޮތުން ޕީއެންސީން ކާމިޔާބުކުރިކަމަށް އެނގޭ ގޮނޑިތަކަކީ:

  • ހުޅުމާލެ އުތުރު ދާއިރާ
  • ހުޅުމާލެ މެދު ދާއިރާ
  • ހެންވޭރު ހުޅަނގު ދާއިރާ
  • ވިލިމާލެ ދާއިރާ
  • މާފަންނު ދެކުނު ދާއިރާ
  • މާފަންނު މެދު ދާއިރާ
  • މާފަންނު ހުޅަނގު ދާއިރާ
  • މާފަންނު އުތުރު ދާއިރާ (އެމްއެންޕީ)
  • މައްޗަންގޮޅި ދެކުނު ދާއިރާ
  • މައްޗަންގޮޅި އުތުރު ދާއިރާ
  • ހެންވޭރު އުތުރު ދާއިރާ
  • ހެންވޭރު ދެކުނު ދާއިރާ
  • މެދުހެންވޭރު ދާއިރާ

އެމްޑީޕީއަށް ކާމިޔާބުވީ ގޮނޑިތައް

  • ގަލޮޅު ދެކުނު ދާއިރާ
  • ގަލޮޅު އުތުރު ދާއިރާ
  • ހުޅުމާލެ ދެކުނު ދާއިރާ

މީގެ އިތުރުން ފުވައްމުލައް ސިޓީގެ ތިން ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ.

އައްޑޫގެ މެޖޯރިޓީ ވެސް ހޯދައިިފައިވަނީ ޕީއެންސީންނެވެ.

comment ކޮމެންޓް