ދެކުނުގެ 4 އަތޮޅަަށް ކުރައްވާ ދަތުރުފުޅު ރައީސް ފައްޓަވައިފި

ރައީސް މުއިއްޒު ރަށެއްގައި: ދެކުނު ތިން އަތޮޅަށް ކުރައްވާ ދަތުރުފުޅު އެ މަނިކުފާނު މިއަދު ވަނީ ފައްޓަވާފައި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅަކަށް މިއަދު ދަތުރުފުޅު ފައްޓަވައިފިއެވެ.

ފަސް ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ އައްޑު އަތޮޅަށާއި، ފުވައްމުލަކަށާއި ގއ.ގެ ބައެއް ރަށްތަކަށާއި ގދ.ގެ ބައެއް ރަށްތަކަށެވެ. ނަމަވެސް އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ އެ މަނިކުފާނު ބައްދަލުކުރައްވާނެއެވެ.

ގދ.ގެ ރަށްތަކުގެ ތެރެއިން ރައީސް ވަޑައިގަންނަވާނީ، ފަރެސްމާތޮޑާ، މަޑަވެލި، ތިނަދޫ، އަދި ގައްދުއަށެވެ.

ގއ.ގެ ރަށްތަކުގެ ތެރެއިން ރައީސް ވަޑައިގަންނަވާނީ ގެމަނަފުށި، ކޮނޑޭ، ވިލިނގިލި، ކޮލަމާފުށި، އަދި ދާންދުއަށެވެ.

މި ދަތުރުފުޅުގައި ވެސް ރައީސްގެ އަރިހުގައި، މި ރަށްރަށަށް ނިސްބަތްވެވަޑައިގަންނަވާ ކެބިނެޓް މިނިސްޓަރުންނާއި، ރައީީސް އޮފީހުގެ އިސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.

އަދި, މި ދާއިރާތަކަަށް ނިސްބަތްވާ، ވެރިކަން ކުރާ ޕީއެންސީއާ މި ފަހުން ގުޅިލެއްވި މެމްބަރުންކަމަށްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ބައިވެރިވެވަޑައިގަންނަވައެވެ.

އަތޮޅު ތެރެއަށް ރައީސް ދަތުރުފުޅުތައް ފެއްޓެވީ ތ. އަތޮޅުން، އެ އަތޮޅު ގުރައިދުއިންނެވެ. އެ ރަށުން ދަތުރުފުޅު ފެއްޓެވީ، އެ ރަށަކީ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް އެންމެ މަތިން ވޯޓު ދިން ރަށް ކަމަށް ވާތީއެވެ.

comment ކޮމެންޓް