ޓޭލާގެ އާ އަލްބަމް އޭޕްރިލް މަހު

މިއުޒިކް އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ނުފޫޒު ގަދަ އެއް ލަވަކިޔުންތެރިޔާ ކަމަށްވާ ޓޭލާ ސްވިފްޓްގެ އާ ސްޓޫޑިއޯ އަލްބަމް އިއުލާނު ކޮށްފިއެވެ.

އިއްޔެ ކުރިއަށް ދިޔަ ގްރެމީ އެވޯޑް ހަފުލާގައި އެވޯޑާ ހަވާލުވުމަށް އަރައި ވާހަކަ ދައްކަމުން ޓޭލާ ވަނީ އޭނާގެ 11 ވަނަ ސްޓޫޑިއޯ އަލްބަމް "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމެންޓް" އިއުލާނު ކޮށްފައެވެ.

އާ އަލްބަމްގެ މައުލޫމާތު އިއުލާނު ކޮށްފައިވަނީ އެވޯޑާ ހަވާލުވާން އަރައެވެ. އެގޮތުން މި އަލްބަމް އޭޕްރިލް މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރާނެއެވެ.

މި ފަހަރުގެ ގްރެމީ އެވޯޑުގައި ޓޭލާ ވަނީ އަހަރުގެ އެންމެ ބޮޑު އެވޯޑު ކަމަށްވާ "އަލްބަމް އޮފް ދަ އިޔާ"ގެ އެވޯޑު ހޯދާފައެވެ. އޭނާގެ އަލްބަމް "މިޑްނައިޓްސް" އެ އެވޯޑު ހޯދި އިރު އެއީ ތާރީހީ ކާމިޔާބީއެކެވެ. އެއީ ހަތަރު ފަހަރަށް އަލްބަމް އޮފް ދަ އިޔާ އެވޯޑު ކާމިޔާބު ކުރީމައެވެ.

އާ އަލްބަމްގެ ވާހަކަ އިއުލާނު ކޮށްފައިވަނީ މި އެވޯޑު ބަލައި އެރުމަށް ފަހުގައެވެ.

ޓޭލާގެ އާ އަލްބަމްގެ މިއުޒިކް ތީމް ހިމެނޭ ބައެއް ލިރިކްސްތައް ވެސް ވަނީ އެއަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އަދި އާ އަލްބަމްގެ ކަވާ އާޓް ވެސް ވަނީ އޭނާ އާންމުކޮށްފައެވެ.

ޓޭލާ މިދިޔަ އަހަރު ވަނީ ގިނަ އަދަދަކަށް މިއުޒިކް ރިލީޒް ކޮށްފައެވެ. ނަމަވެސް އެއީ އޭނާގެ ކުރީގެ އަލްބަމްތަކުގެ ރީ ރިކޯޑުތަކެވެ. އެންމެ ފަހުން އާ ސްޓޫޑިއޯ އަލްބަމެއް ނެރެފައިވަނީ 2022 ވަނަ އަހަރެވެ. އެއީ މިޑްނައިޓްސް އެވެ.

މިދިޔަ އަހަރަކީ ޓޭލާ އަށް އެންމެ ބިޒީ އެއް އަހަރެވެ. އެގޮތުން އޭނާގެ ކުރީގެ ދެ އަލްބަމް ކަމަށްވާ "ސްޕީކް ނައު" އާއި "1989"ގެ ލަވަތައް އަލުން ރެކޯޑުކޮށް ވަނީ ރިލީޒްކޮށްފައެވެ. އޭގެއިތުރުން އޭނާގެ ބޮޑު މިއުޒިކް ޓުއާ ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަހަރު ޓޭލާގެ ޓުއާ "އެރާސް ޓުއާ" ކުރިއަށްދާއިރު އޭޝިއާގެ ބައެއް ސަރަހައްދުތަކުގައި ޓުއާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސިންގަޕޫރާއި ޖަޕާނުގައި މިއަހަރު އޭނާ ޓުއާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް