''ލަޔަން ކިންގް''ގެ ޕްރީކުއަލް ޑިސެމްބަރުގައި

ޑިޒްނީގެ ކްލެސިކް "ލަޔަން ކިންގް"އަށް ބިނާކޮށް އުފެއްދި ލައިވް އެކްޝަން ފިލްމުގެ ޕްރިކުއަލް ނެރޭ ތާރީޚު އިއުލާނު ކޮށްފިއެވެ.

ކާޓޫން ފިލްމެއްގެ ގޮތުގައި ޑިޒްނީން ގެނެސްދިން "ލަޔަން ކިންގް" 2019 ވަނަ އަހަރު ގެނެސްދިނީ ފޮޓޯރިއަލިސްޓިކް ކޮމްޕިއުޓަ-އެނިމޭޓެޑް ފިލްމެއްގެ ގޮތުގައެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބުމާ ގުޅިގެން ފިލްމުގެ ޕްރީކުއަލްއެއް ވަނީ އިއުލާނު ކޮށްފައެވެ.

"މުފާސާ" ކިޔާ މި ޕްރީކުއަލް އިއުލާނު ކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ. އަދި މި ފިލްމުގައި, "މުފާސާ" ކެރެކްޓަރަށް އަލިއަޅުވާލާނެއެވެ.

މުފާސާއިން ފެންނާނީ "ދަ ލަޔަން ކިންގް"ގެ ވާހަކަ ފެށުމުގެ ކުރިން ސިމްބާގެ ބައްޕަ މުފާސާގެ ދިރިއުޅުމެވެ. އެގޮތުން ލަޔަން ކިންގްގެ ވިލަން އަދި މުފާސާގެ ކޮއްކޮ ސްކާ އާއި އޭނާއާ ދެމެދު އޮތް ގުޅުން އެ ފިލްމުން ދައްކުވައިދޭނެއެވެ.

މި ފިލްމުގެ މައި ކެރެކްޓަރުތަކަށް އަޑު އަޅާފައިވާނީ އެރަން ޕިއޭ އާއި ކެލްވިން ހެރިސަން ޖޫނިއާ އެވެ. މުފާސާ އާއި ސްކާގެ އިތުރުން ޓިމޮންއާއި ޕުމްބާގެ ކެރެކްޓާ ވެސް މުފާސާއިން ފެންނާނެއެވެ.

މި ފިލްމުގެ ފުރަތަމަ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހު 20 ވަނަ ދުވަހުގައެވެ.

"ލަޔަން ކިންގް"ގެ ޕްރިކްއެލްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޖެފް ނަތަންސަނެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޖޮން ފެވެރޯ އެވެ. ޖޮންއަކީ އޮސްކާގައި އެންމެ މޮޅު ފިލްމު އެވޯޑު ހޯދި "މޫންލައިޓް" ތައްޔާރު ކުރި ޑައިރެކްޓަރެކެވެ.

comment ކޮމެންޓް