ގިބްލަ ޑިސެމްބަރު އުމްރާއަށް ބައިވެރިންގެ ތައުރީފް

"ގިބްލަ ހައްޖު އުމްރާ" ގްރޫޕާއެކު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހިންތަކެއް-- ފޮޓޯ/ ގިބްލަ ހައްޖު އުމްރާ ގްރޫޕް

ރާއްޖޭން މީހުން އުމްރާއަށް ފޮނުވުމުގައި ހަރަކާތްތެރިވާ ބައިވަރު ގްރޫޕްތައް އޮވެއެވެ. ކޮންމެ މީހަކު ވެސް ބަލަނީ އިންތިޒާމްތައް ފުރިހަމަ، ފަސޭހަ ގްރޫޕަކާއެކު ދިޔުމަށެވެ.

އެގޮތުން "ގިބްލަ ހައްޖު އުމްރާ" ގްރޫޕުން އުމްރާއަށް ދާ ފަރާތްތަކަށް ދެމުންދާ ޚިދުމަތްތަކާއި އެންމެހާ އިންތިޒާމްތަކާ ގުޅޭގޮތުން އެ ޚިދުމަތްތައް ހޯދާފައިވާ ފަރާތްތަކުން ވަނީ ތައުރީފު ކޮށްފައެވެ.

"ގިބްލަ ހައްޖު އުމްރާ" ގްރޫޕާއެކު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހިންތަކެއް-- ފޮޓޯ/ ގިބްލަ ހައްޖު އުމްރާ ގްރޫޕް

މީގެ ހަތަރު އަހަރު ކުރިން އުފެއްދި ގިބްލަ ހައްޖު އުމްރާ ގްރޫޕުން މިހާތަނަށް ވަނީ ގާތްގަނޑަކަށް 2،000ހެއްހާ މީހުން އުމްރާއަށް ގެންގޮސްފައެވެ.

އެ ގްރޫޕުން ވަނީ މި ފަހުން ޑިސެމްބަރުގައި ދެ ދަތުރަކަށް ބަހާލައިގެން 300އެއްހާ މީހުން އުމުރާއަށް ގެންގޮސްފައެވެ.

ގިނަ ފަރާތްތަކަކުން އެ ގްރޫޕްގެ އިންތިޒާމްތަކާ ގުޅޭގޮތުން ވަނީ ތައުރީފުގެ ކޮމެންޓުތައް ކޮށްފައެވެ. އެގޮތުން އެ ގްރޫޕްގެ އިންތިޒާމްތަކުގެ ތެރެއިން ގިނަ ބަޔަކު ފާހަގަކުރާ އެއް ކަމަކީ ކެޔުން ރަނގަޅުވުމެވެ. ރާއްޖެއިން ބޭރަށް ދާނަމަ ދިވެހީން އެންމެ ބޮޑަށް ކަންބޮޑުވާ އެއް ކަމަކީ ރަނގަޅު ކެއުމެއް ނުލިބުމެވެ.

ގިބްލައިގެ އިސް ބޭފުޅުން އުމްރާއަށް ދިއުމަށް އެއާޕޯޓްގައި-- ފޮޓޯ: ގިބްލަ

"ވަރަށް ދިވެހި ރަހަތަކާއެކު ރަހަ ރަނގަޅު ކެއުން ލިބުމަކީ ލިބުނު އެންމެ ބޮޑު ދަތުރު ހިތްހަމަޖެހުން،" ގިބްލަ ހައްޖު އުމްރާ ގްރޫޕާއެކު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ މީހަކު ބުންޏެވެ.

"އަދި ހަމައެހެންމެ ޑޮކްޓަރީ ޚިދުމަތާއި އަދި ގިބްލާގެ މުޅި ޓީމުންވެސް އުމްރާވެރިންގެ ހާލަތު ވަރަށް ގާތުން ބަލާ އަޅުގަނޑުމެންގެ ރައްކާތެރިކަމަށް ތި ބެހެއްޓެވި ސަމާލުކަމަށް ވަރަސް ބޮޑަށް ހިތުގެ އިޚްލާސްތެރި ޝުކުރު އަރިސްކުރަން،"

ގިބްލަ ގްރޫޕާއެކު މިދިޔަ ޑިސެމްބަރު މަހު އުމްރާގެ އަޅުކަމަށް ދިޔަ މީހަކު ބުނި ގޮތުގައި، އެ ޓީމަކީ ދިމާވާ ކުދިކުދި ކަންކަމަށް ވެސް ވަގުތުން އެޓެންޑުވާ ގްރޫޕެކެވެ.

ގިބްލައިގެ އެހީތެރިކަމުގައި ހައްޔަށް ދިޔަ ދިވެހީންތަކެއް މައްކާގައި-- ފޮޓޯ: ގިބްލަ

"އެހީތެރިކަން ބޭނުންވާ މީހާއަށް އެހީތެރިކަން ދިނުމަށް ގްރޫޕުގެ ވެރިން އެކޮޅުގަ މަޑުކުރި ކަމަކީ ގްރޫޕްގެ ހަވާލުގަދާ އެންމެންގެ ކަންކަން ދަތުރު ނިމެންދެން ޒިންމާދާރުކަމާއެކު ގްރޫޕުން ފުރިހަމަކުރާނެ ކަމުގެ ޔަގީންކަން ލިބުނު ކަމެއް،" އޭނާ ބުންޏެވެ.

ގިބްލަ ގްރޫޕާއެކު އުމްރާއަށް ދިޔަ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް ވަނީ އުމްރާއަށް ދާ ފަރާތްތަކުން އެ ގްރޫޕް ޚިޔާރުކުރުމަށް ރެކޮމެންޑްކޮށްފައެވެ.

އެގޮތުން އެންމެ ގިނަ މީހުން ފާހަގަކުރާ އެއް ކަމަކީ، ގިބްލަ ޓީމުގެ މެހެމާންދާރީގެ ފުރިހަމަކާއި އަޅުކަމަށް އެ ޓީމާއެކު ދަތުރުކުރާ ފަރާތްތަކާ ދޭތެރޭ ބަހައްޓާ އޯގާތެރިގޮތެވެ. ޚާއްސަގޮތެއްގައި ދަތުރުވެރިންނަށް ކަމެއް ބޭނުންވެދާނެ ކަމަށް ތައްޔާރުގައި ތިބޭ ޒުވާން ޓީމެއްގެ ގޮތުގައި ގިނަ މީހުން ވަނީ ފާހަގަކޮށްފައެވެ.

ގިބްލަ ހައްޖު އުމްރާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ހޮޓަލުގައި-- ފޮޓޯ: ގިބްލަ

ގިބްލަ ހައްޖު އުމްރާ ގްރޫޕުން މި އަހަރު ކުރުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރުތައް ވެސް މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން:

  • 4 މާޗު 2024 - 18 މާޗު 2024: 29،500ރ. (ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއިއެކު)
  • 22 މާޗު 2024 - 19 އޭޕްރިލް 2024: 43،000ރ.
  • ޖުލައި މަހު ސްކޫލް ބޮޑު ބަންދާ ދިމާކޮށް އުމްރާއަށް ދިޔުމުގެ ފުރުސަތު: 29،500ރ.
  • އޮކްޓޫބަރު 2024- 29000ރ.
  • ޑިސެމްބަރު 2024- 29000ރ.

މި ދަތުރުތަކުގައި އެ ގްރޫޕާއެކު ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާ ޚިދުމަތްތަކުގެ ތެރޭގައި:

  • ދެކޮޅު ޓިކެޓު
  • އުމްރާ ވިސާ
  • އުމްރާ ކިޓް
  • ދެ އުމްރާ
  • މައްކާ، މަދީނާ އުމްރާ ކުއުން
  • މައްކާ، މަދީނާ ޒިޔާރަތް ދަތުރު
  • އިތުރު އުމްރާ ކުރުމުގެ ފުރުސަތު
  • ތާއިފް އަދި ޖިއްދާ ދަތުރު

އުމްރާ ދަތުރުތައް ހަމަޖެއްސުމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް ގިބްލަ ހައްޖު އުމްރާ ގްރޫޕުގެ ނަަންބަރު 9666104 އަށް ގުޅުމުން ލިބިގެންދާނެއެވެ.

ނޯޓް: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

comment ކޮމެންޓް