ރާއްޖޭގައި އިލެކްޓްރޯނިކްސްގެ އެކި ބާވަތްތަކުގެ މުދާ ވިއްކަމުންދާ ރެފްކޫލްއިން މިއަހަރުގެ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފިއެވެ.
ފަރީދީ މަގުގައި ހުންނަ ރެފްކޫލްގެ މައި އައުޓްލެޓްގައި މިއަދު ނަސީބުވެރިން ހޮވައިދެއްވީ ރެފްކޫލްގެ ސީއީއޯ އަހުމަދު ރަޝީދެވެ.
ރެފްކޫލް ރޯދަސޭލްގެ ނަސީބުވެރިންނަށް ލިބުނު އިނާމުތައް:
- ތިން ވަނަ ނަސީބުވެރިޔާ (ހަސަން) - 32 އިންޗީގެ ޖޭއޭވީ އެންޑްރޮއިޑް ސްމާޓް ޓީވީ
- ދެވަނަ ނަސީބުވެރިޔާ (ދެލޮވާ) - 9000 ބީޓީޔޫ ވީ އޭސީ
- އެއްވަނަ ނަސީބުވެރިޔާ (އަހުމަދު ވާހިދު) - ސީސަން ޕެރެޑައިސް އިން ދެމީހަކަށް ދެ ދުވަހުގެ ޗުއްޓީ ދަތުރެއް
ރެފްކޫލްގެ މުޅި ޖުމުލަ ހަތަރު އައުޓްލެޓެއް ހުރެއެވެ. އެއީ ފަރީދީ މަގުގައި ހުންނަ ރެފްކޫލް "އެކްސް" އާއި ރެފްކޫލް އިލެކްޓްރޯނިކްސް، ސޯސަން މަގުގައި ހުންނަ "ލެޓްސް ކޫލް" އަދި ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ "ލެޓްސް ކޫލް" ފިހާރައެވެ.
ރެފްކޫލްއިން ބުނީ ކޮންމެ ރޯދަމަހެއްގައި ވެސް ރޯދަ ސޭލްތައް ބާއްވައި ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ދޭނެ ކަމަށެވެ.
ރެފްކޫލްއަކީ ރާއްޖޭގައި ގްރީ ބްރޭންޑްގެ ރެފްރިޖަރޭޝަންގެ ހުރިހާ ތަކެއްޗެއްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.