ހޮޅުދޫ އާއިލާއަކަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ހޮޅުދޫގައި ސިހުރު ހެދި ގޭގެ ދޮރުމަތި --- ފޮޓޯ: ފޭސްބުކް/ މޫސާ ޝިމާއު

ނ. ހޮޅުދޫ އާއިލާ އަކަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.

މި ކަމާއި ގުޅިގެން ފުލުހުން ބުނީ ހައްޔަރުކުރީ 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެ ކަމަށެވެ.

ނަމަވެސް އޭނާގެ ބަންދާއި ގުޅިގެން ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

https://sun.mv/185218

ހޮޅުދޫގައި ސިހުރު ހަދައިކަމަށް ތުހުމަތުކުރެވޭ މައްސަލައަށް ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމައެއާއެކު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.

ސިހުރު ހެދުމަކީ ރާއްޖޭގައި އަދިވެސް އާންމު ކަމެކެވެ.

އެގޮތުން މީގެ ކުރިން ވެސް މި ފަދަ ސިހުރުގެ ހާދިސާތައް ރިޕޯޓުކޮށްފައިވެއެވެ. އަދި ސިހުރު ހެދި ކަމަށް އެއްބަސްވާ މީހުންގެ މައްޗަށް ހުކުމް ކުރުމަށްފަހު އެތައް މަހަކަށް ގޭ ބަންދުގައި ވެސް ބައިތިއްބައިފައި އެބަހުއްޓެވެ.

comment ކޮމެންޓް