''އައިއާރްބީއޭ ކެމްބްރިޖް އިފާ އެކްސެލެންސް އެވޯޑް ފޯ އިސްލާމިކް ރީޓެއިލް ބޭންކިން އިން މޯލްޑިވްސް 2023''ގެ އެވޯޑު އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް (އެމްއައިބީ) އިން ހާސިލްކޮށްފިއެވެ.
އެމްއައިބީއަށް މި އެވޯޑު ލިބުނީ، ހުރެއިންގެ މަނާމާގައި ބޭއްވި ނުވަވަނަ އިސްލާމިކް ރީޓެއިލް ބޭންކިން އެވޯޑްސް ހަފްލާގައެވެ.
އައިއާރުބީއޭ އަކީ ދުނިޔޭގެ އިސްލާމިކް ބޭންކިން އެފިޝަންސީ ޕާފޯމަންސްގެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ އިސްލާމިކް ބޭންކިން އެވޯޑްސް ޕްރޮގްރާމެކެވެ.
އެކްސެލެންސް އެވޯޑް އެމްއައިބީއަށް ލިބުނުއިރު، ދެކުނު އޭޝިއާގެ ''އިސްލާމިކް ބޭންކް އޮފް ދި އިޔާ'' އެވޯޑް ވެސް މި އަހަރު ލިބުނީ އެމްއައިބީއަށެވެ.
އެމްއައިބީންވަނީ މީގެ ކުރިން ވެސް އިފްސާގެ އެވޯޑްތައް ހާސިލުކޮށްފައެވެ.
ދެހާސް އެގާރަ ވަނަ އަހަރު އުފެއްދި އެމްއައިބީއަކީ ރާއްޖޭގައި ހިންގާ ހަމައެކަނި އިސްލާމިކް ބޭންކެވެ. އެ ބޭންކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޚިދުމަތް ފުޅާކުރަމުންނެވެ.