އެމްއައިބީގެ 'އެޕްލައި ނައު' ޕޯޓަލްއިން ޚިދުމަތް ހޯދަން ފަސޭހަތަކެއް

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

އެމްއައިބީގެ 'އެޕްލައި ނައު' ޕޯޓަލްއިން އެ ބޭންކުގެ ޚިދުމަތްތަކަށް ކޮންމެ ތާކު ހުރެ، ކޮންމެ ވަގުތަކު ވެސް އޮންލައިންކޮށް އެދެވޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއައިބީން ބުނީ އެ ޕޯޓަލް މެދުވެރިކޮށް މިހާރު ބޭންކުގެ އެކައުންޓް ވަގުތުން ހުޅުވައި، އަދި އިންޓަނެޓް ބޭންކިންގްއަށް ރަޖިސްޓާ ކުރެވޭނެކަމަށެވެ.

އަދި، އެމްއައިބީގެ ކޮންމެ ބްރާންޗަކުން ނުވަތަ ސާވިސް ސެންޓަރަކުން އިންސްޓަންޓް ބޭންކިން ކިޓެއްނެގޭނެ ކަމަށްވެސް އެމްއައިބީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންސްޓަންޓް ބޭންކިން ކިޓްގައި ހިމެނޭ އިންސްޓަންޓް ވިސާ ޑެބިޓް ކާޑުގެ ކިއުއާރް ކޯޑް ސްކޭން ކޮށްގެން ވަގުތުން ކާޑު އެކައުންޓަށް ވެސް ލިންކް ކުރެވޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި ފައިނޭންސިން ފެސިލިޓީތަކަށް އެދޭ ކަސްޓަމަރުންނަށް ޚިދުމަތް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އުޖާލާ ނައު ޕޯޓަލް މިދިޔަ އަހަރުގެ ފަހުކޮޅުގައި ތަޢާރަފުކޮށްފައިވާކަން ވެސް އެ ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ.

އެމްއައިބީން ބުނީ އެ ބޭންކުގެ ހުރިހާ ޚިދުމަތެއް މިހާރު ޑިޖިޓަލް ކުރެވިފައި ވާކަމަށެވެ. އަދި މި ޚިދުމަތްތަކަށް އިތުރު ފުރިހަމަކުރާނެ ކަމުގެ ޔަގީންކަންވެސް އެ ބޭންކުގެ ފަރާތުން، އެ ބޭންކުގެ ކަސްޓަމަރުންނަށް ދެއެވެ.

comment ކޮމެންޓް