ކޯޓުން 5 ދުވަސް ކުޅެދީފި، ހުވާކުރަންދެން ފަސޭހައިން ހިފަހައްޓައިލެވޭނެ: ނަޝީދު

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް -- ސަން ފައިލް ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ލަސްކުރުމުގައި ފަސް ދުވަސް ސުޕްރީމް ކޯޓުގައި ހިފަހައްޓައިލެވިއްޖެކަމަށާއި، އިންތިޚާބީ ރައީސް ހުވައިކުރުމާ ހަމައަށް ހިފަހައްޓައިލެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިތުބާރުގެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެ މެންބަރުންނަށް ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެ ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވަޓްސަޕް ގްރޫޕުގައި އެ މަނިކުފާނުވަނީ އެމްޑީޕީގެ މެމްބަރުންނާ މެދު ވަރަށް ބޮޑަށް ނުރުހިވަޑައިގެން މެސެޖު ކުރައްވައިފައެވެ.

އެ މެސެޖުތަކުގައި ރައީސް ނަޝީދު ވިދާޅުވީ ހުވާކުރުމާ ހަމައަށް އެ މައްސަލައިގައި ގޮތެއް ނިންމުނަ ނުދީ ހިފަހައްޓައިލުމަށް ކުރިއަށް އޮތް ތަނުގައި ވަރަށް ފަސޭހަވާނެ ކަމަށެވެ.

ސަބަބަކީ އެމްޑީޕީގައި ވެސް މިހާރު އިތުބާރު ނެތްކަމުގެ މައްސަލައިގައި ކުރިއަށްދާން ތިބީ މަދު މެމްބަރުންތަކަކަށްވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެމްޑީޕީއިން ވެސް މިހާރު މި ކަމުގައި އުޅޭނީ ގިނަވެގެން އަށް [8] އެމްޕީ،" ނަޝީދު ވިދާޅުވެފައިވެއެވެ.

https://sun.mv/184407

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވެސް ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުނު ނަމަވެސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ނިންމައިފައެވެ.

ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ، މިމަހުގެ 17ގައި އިންތިޚާބީ ސަރުކާރު ހުވާކޮށް، ކެބިނެޓް އެކުލަވައިލުމާ ހަމައަށް އެ މަނިކުފާނުގެ މައްސަލަ މަޑުޖެއްސޭތޯއެވެ.

ނަމަވެސް އެ ކަމަށް އެމްޑީޕީން ނުރުހެއެވެ.

comment ކޮމެންޓް