އެޑްވަޓޯރިއަލް: ޖީބީ ސްޕޯޓްސް ކްލަބްގެ ޗެއާމަން ޒައީމް، މައްޗަންގޯޅި އުތުރު ދާއިރާއަށް ކުރިމަތިލަނީ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރުކަމަށް، ޖީބީ ސްޕޯޓްސް ކްލަބްގެ ޗެއާމަންކަން ކުރައްވާ މއ. ފޮގެޓްމީނޮޓް، އަހްމަދު ޒައީމް ކުރިމަތިލާން ނިންމައިފިއެވެ.

ޒައީމަކީ ޒުވާނުން ކުރިއަރުވައި ޒުވާނުންގެ ތަރައްގީއަށް ޚާއްސަ އިސްކަމެއްދޭ ފަރާތެކެވެ. އަދި ވަކިން ޚާއްސަ ގޮތެއްގައި ދާއިރާގެ ޒުވާނުންނާ ގުޅޭ ދަރިއެއްވެސްމެއެވެ.

އޭގެ އެންމެ ބޮޑު އެއް ހެއްކަކީ، ޒައީމަކީ މިހާރުވެސް ފުޓްސަލަށް އާ ޒުވާން ކުދިން ނެރެ ކުރިއަރުވައި މަސައްކަތް ކުރާ މީހަކަށް ވުމެވެ. ޖީބީ ސްޕޯޓްސް ކްލަބްގެ ޗެއާމަން ކަމުގައި ހުންނަވާ ޒައީމް ވަނީ ޓީމްގެ ކާމިޔާބީއަށް ނުހަނު އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

ޒައީމް، ބީޖީ ސްޕޯޓްސް ކްލަބްގެ ފުޓްސަލް ޓީމާއެކު--

އެގޮތުން ޖީބީ ސްޕޯޓްސް ކްލަބުން ޖައްސަ ޖައްސައިގެން ބައިވެރިވި ފުޓްސަލް ދެ މުބާރާތުން ވެސް ޗެމްޕިއަންކަން ހޯދައި ދިނުމަށް ޓީމާއެކު އަމަލީ ގޮތުން ބައިވެރިވެ ޒައީމް މަސައްކަތްކުރިއެވެ.

މީގެ އިތުރުން ޒައީމް ވަނީ ޕީޕީއެމް/ ޕީއެންސީ މައްޗަންގޯޅި އުތުރު ދާއިރާގެ ނައިބުރައީސް ކަމަށް ކުރިމަތިލައި ވާދަކޮށްގެން ދާއިރާގެ ވޯޓުން އެ މަގާމަށް ވެސް އިންތިޚާބުވެފައެވެ.

ވޭތުވެދިޔަ ފަސް އަހަރު ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ރެލީ ތަކުގައާއި މުޒާހަރާތަކުގަ ޒައީމް ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެކަމުގައި ހަރަކާތްތެރިވެ އުޅުމުގެ ތެރެއިން ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ޒައީމް، ޕީޕީއެމްގެ އެއްވުމެއްގެ ތެރެއިން--

ޒައީމް ވިދާޅުވިގޮތުގައި އޭނާ މި ދާއިރާއަށް ކުރިމަތިލާ މައިގަނޑު ސަބަބަކީ ޒަމާނުއްސުރެ މައްޗަންގޯޅި އުތުރު ދާއިރާގެ ރައްޔިތުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ގެނެސް ދިނުމެވެ. އަދި ދާއިރާގެ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަކީ ޒައީމްގެ އެންމެ ބޮޑު އެއް ބޭނުމެވެ.

ދާއިރާގެ މީހުން ބުނާ ގޮތުގައި ޒައީމަކީ ވަކި ސިޔާސީ ޕާޓީއެއްގެ މީހުންތޯ ނުބަލާ، ސިޔާސީ ފިކުރު ތަފާތުނުކޮށް އެ ދާއިރާގެ ރައްޔިތުންނަށް އެކިއެކި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތެކެވެ.

comment ކޮމެންޓް