ފައިސާ ފޭރިގަނެ ރަހީނުކޮށްފައި ހުއްޓާ ބިދޭސީއަކު އަމިއްލައަށް ސަލާމަތްވެއްޖެ

ބިދޭސީންތަކެއް ހުޅުމާލެ ބީޗުގައި މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު އަމިއްލައަށް ސަލާމަތްވެގެން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މީހާ އަމިއްލައަށް ސަލާމަތްވުމަށްފަހު އޮތީ ގެއެެއްގެ ފުރާޅުމައްޗަށް އަރައެވެ. އަދި އެ ތަނުގައި ތިބި އާއްމުން ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ ވަގުތު އެ ތަނުގައި ތިބި މީހުން ވަނީ އެ ކަން ފުލުހުންނަށް ވެސް ރިޕޯޓް ކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ފައިސާ ފޭރި މާލޭގެ ގެއެއްގައި އެ މީހާ ހިފަހައްޓައިފައި ހުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން ދާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ ރޭ 10:31 ހާއިރު ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެެއެވެ. އެ ހާދިސާ ހިނގީ ކޮން އަވަށެއްގައި ހުންނަ ގެޔެއްގައި ކަމާއި އިތުރު ތަފުސީލު ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް