ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ޕީޖީން ވަނީ ނިންމާފަ --- ފައިލް ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ދާދި ދެންމެ ނިންމައިފިއެވެ.

ޖުމްލަ 54 މެންބަރުގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ނަގާފައެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ވަނީ, މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކި ކުރުމުގެ މައްސަލަ އަލުން ހުށަހެޅުމަށް ފާސްކޮށްފައެވެ.

އެކަން ވަނީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު 'ސަން'އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އަސަލަމް ވިދާޅުވީ, ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށެހެޅުމަށް ފާސްކޮށްފައިވަނީ ޕީޖީ ގްރޫޕް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުން އަންނަނީ ސޮއި ހަމަ ކުރަމުންނެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ 45 މެންބަރުންގެ ސޮއި ލިބިގެންނެވެ. އެމްޑީޕީގައި އެކަނި ވެސް އެ އަދަދަށްވުރެ އިތުރަށް މަޖިލިސް މެންބަރުން ތިއްބަވައެވެ.

މި ވަގުތު އެމްޑީޕީގައި 56 މެންބަރުން އެބަތިއްބެވެ.

https://sun.mv/182891

މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެ ކުރިން އެމްޑީޕީން ހުށަހެޅި ނަމަވެސް އެ މައްސަލަ އަނބުރާ ނަގާފައިވަނީ މަސްލަހަތަށް ބަލައި ކަމަށް މީގެ ކުރިން އެމްޑީޕީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ނަޝީދާއި އެ މަނިކުފާނު ނިސްބަތްވާ ޑިމޮރެޓްސްގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވެ އެމްޑީޕީން ވަނީ އެ އިންތިޚާބުގެ ދެވަނަ ބުރުން ވެސް ނާކާމިޔާބުވެފައެވެ.

އެއާ އެކު ހިތްހަމަނުޖެހި، އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދާއި ޑިމޮކްރެޓްސްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ދެ ރައީސުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްކޮށް ހުށަހަޅާފައި އޮތުމުން އޭގެ ތެރެއިން އެކެއްގެ މައްސަލަ އަނބުރާ ގެންދިއުމަށް މީގެ ކުރިން ނަޝީދު އައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ތެރޭ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. އެއާ އެކު މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެކު، ދެވަނަ ދައުރުގެ ފަހުކޮޅު ވެސް މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، ދާއިމީ ކޮމިޓީތައް ފަހުން އެކުލަވައިލިއެވެ.

އެހެންނަމަވެސް ނަޝީދަށް ތާއިދުކުރާ މެންބަރުން އުފެއްދި ޕާޓީ 'ދަ ޑިމޮކްރެޓްސް'އަށް އެ މެންބަރުން ސޮއިކުރުމުން އަނެއްކާ ވެސް މަޖިލީހުގެ ކޮމްޕޮޒިޝަނަށް ބަދަލު އައެވެ.

ދެވަނަ ދައުރުގައި މަޖިލީހުން އެޖެންޑާ ކޮށްފައިވާ ގިނަ މަސައްކަތްތައް ނުނިމުނު ނަމަވެސް ޖަލްސާތައް މެދުކެނޑި، މަރުތަޅަކަށް ދިޔައީ އެ މަނިކުފާނާއި ކޮއްކޯފުޅު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ހުރަސް އަޅުއްވަން ނަޝީދު އަޑީގައި ހުންނަވައި ކުރެއްވި މަސައްކަތުން ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

comment ކޮމެންޓް