އުރީދޫގެ 'ޝޮޕް އިން ޝޮޕް' ކައުންޓަރެއް ރެޑްވޭވް މޯލްގައި

ހުޅުމާލޭ ރެޑްވޭވް މޯލްގައި އުރީދޫ ގެ ޝޮޕް އިން އައު ޝޮޕްއެއް ހުޅުވައިފި--

އުރީދޫއިން، ހުޅުމާލޭ ރެޑްވޭވް މޯލްގައި އުރީދޫގެ ''ޝޮޕް އިން ޝޮޕް'' ކައުންޓަރެއް ހުޅުވައިފިއެވެ.

އުރީދޫއިން ބުނީ، އެ ކައުންޓަރު ހުޅުވުމުގެ މަގުސަދަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މޯލްގައި ވިޔަފާރި ކުރާއިރު ފަސޭހަކަމާއެކު އުރީދޫގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ސިމް ކާޑު ގަތުމާއި، އުރީދޫ ބިލްތައް ދެއްކުމާއި، ސުޕަނެޓްގެ ޚިދުމަތް ހޯދުމާއި، 5ޖީ ބްރޯޑްބޭންޑްގެ ޚިދުމަތް ހޯދުމުގެ އިތުރުން އެންމެ ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު އެ ކައުންޓަރުން ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މީގެއިތުރުން، އެ ކައުންޓަރުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

ރެޑްވޭވް މޯލްގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ޝޮޕް-އިން-ޝޮޕް ކައުންޓަރު ހުޅުވާފައި ހުންނަނީ މޯލްގެ އާންމު ވިޔަފާރި ކުރާ ގަޑިތަކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް