މުނި ފައުންޑޭޝަން އާ ފުށިފަރު ގުޅިގެން ޕުލާސްޓިކާ ނުލާ އިވެންޓެއް ބާއްވައިފި

މުނި ފައުންޑޭޝަން އާ ފުށިފަރު ގުޅިގެން ޕުލާސްޓިކާ ނުލާ އިވެންޓެއް ބާއްވައިފި-- ސަން ފޮޓޯ

ފުރަތަމަ ފަހަރަށް މުނި ފައުންޑޭޝަން އާއި ފުށިފަރު ގުޅިގެން "ޕުލާސްޓިކާ ނުލާ" އިވެންޓެއް ހުޅުމާލޭގައި މިއަދު ބާއްވައިފިއެވެ.

މި އިވެންޓް ބޭއްވީ އިއްޔެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މުނި ފައުންޑޭޝަންއިން ބުނީ މި އިވެންޓުގެ މަޤްސަދަކީ، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ނައްތާލުމާއި، އަޅުގަނޑުމެންގެ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ދިރިއުޅުމެއް އުފެއްދުމުގެ މަސައްކަތަށް ފަރުދުންނާއި، ޖަމާއަތްތަކާއި، ޖަމާއަތްތައް އެއްކުރުން ކަމުގައެވެ.

މި އިވެންޓްގައި ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވިދާޅުވީ ސަރުކާރުތަކުން މި ކޯސްގައި ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ ކަމަށެވެ.

އަދި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް އެބަ ގެނެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަޖެހޭ ތަންކޮޅެއް ޒިންމާދާރުވާން. ކޮންމެ މީހަކީ ވެސް އެ މީހާ ކުރާ ކިތަންމެ ކުޑަ ކަމަކީ ވެސް އަސްލު ވަރަށް ބޮޑު ކޮންޓުރިބިޝަން އެއް ގޮތުގައި ދެކެން އެބަ ޖެހޭ،"

މުނި ފައުންޑޭޝަން އާ ފުށިފަރު ގުޅިގެން ޕުލާސްޓިކާ ނުލާ އިވެންޓެއް ބާއްވައިފި-- ސަން ފޮޓޯ

ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވަނީ ތިމާވެށި ރައްކާތެރިކުރުމަކީ އަމިއްލަ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރުމަށް އިލްތިމާސްކޮށްފައެވެ.

މި އިވެންޓްގައި އުރީދޫއިން ވެސް ވަނީ އިސް ރޯލެއް އަދާކޮށްފައެވެ. އޫރީދޫގެ ސީއީއޯ ޙާލިދު އަލް ހަމާދީ ވިދާޅުވީ މި ކަހަލަ ކޮންމެ ހަރަކާތަކަށް ވެސް އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އޫރީދޫގެ ސީއީއޯ ޙާލިދު އަލް ހަމާދީ-- ސަން ފޮޓޯ

މުނި ފައުންޑޭޝަނާއި ފުޝިފަރު މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ސަރުކާރުގެ އިދާރާތަކާއި ކޯޕަރޭޓް ސްޕޮންސަރުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި އިވެންޓުގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު ނައްތާލުމާއި، ގަސް އިންދުމާއި، ޝެފްގެ ބަގީޗާއަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކެއްކުމުގެ އުސޫލުތައް ކުރިއެރުވުން ހިމެނެއެވެ.

އަދި މީގެ އިތުރުން ފުށިފަރުން ކާބަން ފުޓްޕްރިންޓް މަދުކޮށް، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް، ލޯކަލް ކޮމިއުނިޓީއަށް އެހީތެރިވުމަށް އެ ރިސޯޓުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ތައުރީފު ލިބުނެވެ.

comment ކޮމެންޓް