މާލޭގެ މޭޔަރު ކަމަށް ވާދަ ކުރަން މަހުލޫފް ނިންމައިފި

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް

މާލޭ މޭޔަރު މަގާމަށް ވާދަ ކުރުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން މިހާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ނިންމަވައިފިއެވެ.

މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ 17 ނޮވެންބަރު 2023 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް އޭނާ ނިންމަވާފައިވާ ކަމަށެވެ.

އެހެން ކަމުން މާލޭގެ އެންމެހާ ރައްޔިތުން މަހުލޫފަށް ތާއިީދު ކޮށްދެއްވުމަށް ވެސް އޭނާ އެދިފައި ވެއެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވަނީ މިހާރު އެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ވުމުންނެވެ.

ނިދިމިޔަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވެފައިވާއިރު މާލޭގެ މެޖޯރިޓީ ވެސް ހޯއްދަވައިފައި ވަނީ އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓެވެ.

comment ކޮމެންޓް