މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން އަބަދު ވެސް ދެމިތިބޭނަން: ޞާލިހު

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު: ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުގައި ކުރާ މަސައްކަތުގައި އެމްޑީޕީން އަބަދުވެސް ދެމިތިބޭނެ ކަމަށް -- ފޮޓޯ/ އެމްޑީޕީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް އެމްޑީޕީން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި، ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ތައާރަފުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ސާވިސް ޗާޖު ކަށަވަރުކޮށްދިނުމަކީ އެ ޕާޓީގެ ސިޔާސަތުތަކުގެ ކާމިޔާބީއެކެވެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެމްޑީޕީން ދެމިތިބޭނެކަން ވަނީ ހާމަކުރައްވާފައެވެ.

  • ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގައި ކުރީގެ ރައީސް ޞާލިހު ދެއްވި ހާއްސަ މެސެޖު.
  • އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެމްޑީޕީގެ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއްކަން ފާހަގަކުރުން.
  • މެޓާނިޓީ ލީވް އަދި ސާވިސް ޗާޖު ކަށަވަރުކޮށްދިނުން.
  • މަސައްކަތުގެ މާހައުލު ރައްކާތެރިކުރުމަށް އެމްޑީޕީން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން.

މަސައްކަތްތެރިންގެ ހައްގައި ކުރާ މަސައްކަތުގައި އަބަދު ވެސް އެމްޑީޕީން ދެމިތިބޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު ކަމަށެވެ.

މި ގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި، ހަ މަހުގެ މެޓާނިޓީ ލީވް ތައާރަފުކުރުމާއި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ސާވިސް ޗާޖު ކަށަވަރުކޮށްދެވުނީ އެ ޕާޓީގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ޞާލިހު ވިދާޅުވިއެވެ.

މީގެ އިތުރަށް، މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށާއި މަސައްކަތްތެރިންގެ ހައްޤުގައި ކުރާ މަސައްކަތުގައި އަބަދު ވެސް އެމްޑީޕީން ދެމިތިބޭނެކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.

"މަސައްކަތުގެ މާހައުލަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ، ރައްކާތެރި ތަނަކަށް ހެދުމަށާއި މަސައްކަތްތެރިންގެ ހައްގުގައި ކުރާ މި މަސައްކަތުގައި އަބަދު ވެސް އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" ޞާލިޙް ވިދާޅުވެފައިވެއެވެ.

ޞާލިހު އެފަދައިން ވިދާޅުވިއިރު، މި ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް ފާޑުކިޔައި އެމްޑީޕީން އަންނަނީ މާލޭގައި ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ކުރަމުންނެވެ. މީގެ ކުރިން ވެސް އެ ޕާޓީން ވަނީ މާލޭގައި މި ސަރުކާރާ ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވައިފައެވެ.

comment ކޮމެންޓް