ފީވަކުގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ނިމިއްޖެ

ފީވަކު ފެނުގެ ނިޒާމު އިފްތިތާހު ކުރުން--

ށ. ފީވަކުގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފީވަކުގެ ފެނުގެ މަސައްކަތްތައް ނިންމާ މިހާރު ކޮމިޝަން ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެނަދާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީއާއި، ފެނަކަ އަދި އެމްޑަބްލިއުއެސްސީގެ ޓީމެއް އެރަށަށް ގޮސްގެނެވެ.

ފީވަކު ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫގެ ދަށުން އެ ރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެން ހޮޅީގެ މައި ނެޓްވޯކް އަޅާ ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. ފެން ރައްކާ ކުރުމަށްޓަކައި ތާންގި ބަހައްޓާ، ބޯހޮލް ތޮރުފާ ރިޖެކްޓް ލައިސެންސް ވެސް ވަނީ އަޅާފައެވެ.

ފީވަކު ފެނުގެ ނިޒާމު އިފްތިތާހު ކުރުން--

މީގެ އިތުރުން މި މަޝްރޫގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފީވަކުގެ ފެނުގެ ނިޒާމު ހައްލު ކުރުމުގެ މަޝްރޫއަކީ އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެެވެ. 49.60 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ ފީވަކުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރު ކޮށްދިނުމަށްޓަކައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

comment ކޮމެންޓް