މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެން ކަނޑާލަނީ

މާލެ ސިޓީ މަތިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

ވެރިރަށް މާލެގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ޚިދުމަތް މެދު ކެނޑޭނެކަމަށް މާލޭގައި ފެނުގެ ޚިދުމަތްދޭ އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެނުގެ ޚިދުމަތް މެދު ކެނޑޭނީ މިރޭގެ 23:00އިން ފަތިހު 05:00އާ ހަމައަށް ކަމަށެވެ.

އެ ވަގުތުތަކުގައި ފެނުގެ ޚިދުމަތް މެދުކަނޑައިލަނީ މާލޭގެ ފެނުގެ ނިޒާމުގެ އަޕްގްރޭޑިންގެ މަސައްކަތަކަށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ

މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަކަށް ކުންފުނީގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ.

ދޭތެރެއަކުން މާލެއިން ކަރަންޓުގެ ނިޒާމު އިތުރަށް ރަނގަޅުކުރުމަށް ކަރަންޓުގެ ޚިދުމަތް ވެސް މެދުކަނޑާލައެވެ. ނަމަވެސް މާލެއިން ފެނުގެ ޚިދުމަތް މިރޭ މެދުކަނޑާލަނީ ވަރަށް ގިނަ ދުވަސްކޮށްފައެވެ.

comment ކޮމެންޓް