ކޮމަންވެލްތް ގޭމްސްއަށް ނުދާން ނިންމީ ޚަރަދު ބޮޑުކަމުން: މަހްލޫފް

ކުޅިވަރާބެހޭ ވަޒީރު، އަހްމަދު މަހްލޫފް -- ފޮޓޯ/ މިނިސްޓްރީ

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ބަވެރިނުވުމަށް ނިންމީ އެކަމަށް ކުރަންޖެހޭ ޚަރަދުބޮޑުވުމުން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް އެހެން ވިދާޅުވީ ކުރިއަށް އޮތް އޯގަސްޓް 4-11އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭން ވާދަ ނުކުރަން ނިންމާފައިވަނީ ފައިސާ ނެތިގެން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅުވައިގެންނެވެ.

މިއަހަރު ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަކުރުމަށް އޮލިމްޕިކް ކޮމިޓީން ކުރިން ނިންމިކަން ވެސް އިއުލާން ކުރިއެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭން ބައިވެރިނުވުމަށް ނިންމީ، އެގޭމްސްގައި ބައިވެރިވުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް ދިއުމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވުމުން ކަމަށެވެ.

އެގޭމްސްއިން އެއްވެސް ނަތީޖާއެއް ނެރުމަކީ ވަރަށް ދުރު ކަމެއްކަން ފާހަގަ ކުރައްވަމުން މަހްލޫފް ވިދާޅުވީ އެފައިސާއިން އައިއޯއައިޖީއަށް ޓީމުތައް ތައްޔާރުވުމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ޔޫތު މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ އާއި އެސޯސިއޭޝަންތަކަށް ގަބޫލުކުރެވޭތީ ކޮމަންވެލްތު ގޭމްސްގައި ބައިވެރިނުވާން ނިންމީ ކަމަށެވެ.

ރާއްޖޭން މިއަހަރުގެ ކޮމަންވެލްތް ގޭމްސްގައި ބައިވެރިނުވާން ނިންމާފައިވާއިރު، ބައެއް އެސޯސިއޭޝަންތަކުން ވަނީ އެ މުބާރާތަށް ދާ ގައުމީ ސްކޮޑް ވެސް އިއުލާންކޮށްފައެވެ.

comment ކޮމެންޓް