މިނިކާވަގެއް ނުފެނުނު: މާފަރު އެއާޕޯޓުން ފެނުނީ ހުސް ބުޅާ!

މިނިކާވަގެއްކަމަށް ބެލެވޭ ޖަނަވާރެއް ހޯދަން ކުރި މަސައްކަތުން މާފަރު އެއާޕޯޓުން ފެނުނީ ހުސް ބުޅާކަން އެނގިއްޖެެއެވެ.

އެ ރަށު އެއާޕޯޓުގެ އެއާ ސައިޑްގައި ބިޔަ ޖަނަވާރެއް ހިނގައިފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެވަނީ އާއްމުވެފައެވެ.

އެ ޖަަނަވާރު ހޯދުމަށް އެމްއެންޑީއެފްގެ ޓީމެއް ހަތިޔާރާއެކު މިއަދު ވަނީ އެ ރަށަށް އަރައިފައެވެ. ނަމަވެސް، ހޯދި ހޯދުމުން އެ މީހުންނަށް ފެނުނީ ހުސް ބުޅާ ކަމަށް މައުލޫމާތު ލިބެއެވެ.

މާފަރު ކައުންސިލުން ބުނީ އެމްއެންޑީއެފުން ބެލިބެލުމުން މިނިކާވަގެއް ފަދަ ޖަނަވާރެއް ފެނިފައިނުވާ ކަމަށާއި ދައުރުވާ ވީޑިއޯ ބެލުމުން ފެންނަނީ ގެއްލުންދެނިވި ޖަނަވާރެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އެކަމަކު، އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ވީޑިއޯއިން ފެންނަނީ ބުޅަލަކަށްވުރެ ބިޔަ ޖަނަވާރެއް ކަމަށާއި އެއީ ބުޅަލެއްކަން ގަބޫލުކުރަން ދަތި ކަމަށެވެ.

އެ ޖަނަވާރު ފެނިފައިވަނީ އެ ސަރަަހައްދުގައި މަސައްކަތްކުރަން އުޅޭ ބިދޭސީ މަސައްކަތްތެރިންތަކަކަށެވެ. އެ ވީޑިއޯއަކީ އިއްޔެ ހެނދުނު ކޮށްފައިވާ ވީޑިއޯއެކެވެ.

comment ކޮމެންޓް