އައްޑޫ ސިޓީ ފޭދޫގައި ކުޑަކުއްޖަކު ގެނބިގެން ފަރުވާދެނީ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް / ފޮޓޯ: ޓްވިޓާ

އައްޑޫ ސިޓީ ފޭދޫ ޓްރެކް ސަރަހައްދަށް މޫދަށް ގޮސް އުޅުނު ފިިރިހެން ކުއްޖަކު ގެނބިގެން ފަރުވާދޭން ފަށައިފިއެވެ.

އައްޑޫ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް "ސަން"އަށް ވިދާޅުވީ، މިއަދު ހަވީރު އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި، މި ހާދިސާގައި ގެނބިފައިވަނީ އުމުރުން ހަ އަަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

އެހެންނަމަވެސް ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ. އެ ކުއްޖާއަށް ދަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް