ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލު ހިންގުމަށްފަހު ފިލައިގެން އުޅޭ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއެއް ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަނގަލަދޭޝްގެ ރައްޔިތަކު ހޯދަމުން އަންނަ ކަމަށެވެ. އެއީ އުމުރުން 29 އަހަރުގެ ސައީދުލް އިސްލާމްއެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލު ހިންގިކަމަށެވެ. އަދި އޭނާ އުޅޭ ވަކި ތަނެއް ނޭންގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފޮޓޯ އާންމުކޮށް ފުލުހުން ބުނެފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 10:00 ޖަހާއިރަށް ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް އޭނާ ހާޒިރުވާން ޖެހޭނެ ކަމަށެވެ.