ޓީވީ ޗެނަލްތަކާއި ފަރުދުންނަށް އިންޒާރުދިން މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އަޅަނީ

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ބައެއް ޓީވީ ޗެނަލްތަކާއި ފަރުދުންނަށް ގެއްލުންދޭނެ ކަަމަށް ބުނެ އިންޒާރު ދިން މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ދުވަސް ދުއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއްގެ އިތުރުން ޗެނަލް 13އަށް ގެއްލުންދޭނެ ކަމަށް ބުނެ ބަޔަކު އިންޒާރު ދީފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

ފުލުހުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ ބައެއް ޓީވީ ޗެނަލްތަކާއި ފަރުދުންނަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައިވާ މައްސަލަތަކެއް އެ ޚިދުމަތުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، މީހުންގެ ފުރާނައާއި މީޑީއާތަކަށް ގެއްލުން ދޭނެ ކަމަށް ބުނާ މައްސަލަތަަކަކީ އެ ޚިދުމަތުން ޚާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރާނެ ސީރިއަސް މައްސަލަތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ސައިބާ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް