ބައިސްކޯފު ހިންގުން ހުއްޓާލަން އަންގައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން--- ފޮޓޯ/ ބްރޯޑްކޮމް

އީކޮމް އެކްސްޗޭންޖް އެމްވީ ޕްރައިވެޓް ލިމިޓަޑުން ދެމުންދާ ބައިސްކޯފުގެ ޚިދުމަތް ދިނުން ހުއްޓާލަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން (ބްރޯޑްކޮމް) އިން އަންގައިފިއެވެ.

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސޮއިކުރައްވާ މިމަހުގެ 10 ވަނަ ދުވަހު އީކޮމް އެކްސްޗޭންޖަށް ފޮނުއްވި ސިޓީއެއްގައި ވަނީ ބައިސްކޯފު މެދުވެރިކޮށް އެ ކުންފުނިން ދެމުންދާ ޚިދުމަތަކީ ރީބްރޯޑްކާސްޓް ކުރުން ކަމަށެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ ފަސް ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދޭންވާނީ އެކަމުގެ ލައިސަންސް ލިބިގެން ކަމަށް ވެސް ސިޓީގައި ވެއެވެ.

ވުމާއެކު ބައިސްކޯފު މެދުވެރިކޮށް ރީބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތައް ރީބްރޯޑްކާސްޓް ކުރުން ވަގުތުން ހުއްޓާލުމަށް އަންގާ ކަމަށް ބްރޯޑްކޮމްގެ ސިޓީގައިވެއެވެ.

މި ސިޓީއާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން ބްރޯޑްކޮމްގެ މެމްބަރަކު ވިދާޅުވީ ބައިސްކޯފުގެ ޚިދުމަތް ދިނުން ހުއްޓާލަން އެންގިފައިވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.

comment ކޮމެންޓް