ބްރޯޑްކާސްޓް ކުރުމުގެ ޓެކްނިކަލް ސްޓޭންޑާޑް އެކުލަވާލަނީ

ބްރޯޑްކޮމްއިން މިއަދު ބޭއްވި ބައްދަލުވުން / ފޮޓޯ: ބްރޯޑްކޮމް

ބްރޯޑްކާސްޓް ކުރުމުގެ ޓެކްނިކަލް ސްޓޭންޑާޑް އެކުލަވާލުމުގެ މަސައްކަތް ބްރޯޑްކާސްޓިން ކޮމިޝަނުން ފަށައިފިއެވެ.

އެގޮތުން މި ސްޓޭންޑާޑް އެކުލަވާލުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.

ބްރޯޑްކޮމްގެ އިތުރުން މި ކޮމިޓީގައި ހިމެނެނީ ކޮމިއުނިކޭޝަން އޮތޯރިޓީ، އެސްއެސް ނެޓް، ޕަބްލިކް ސާވިސް މީޑިއާ އަދި މީޑިއާ ނެޓްއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޓެކްނިކަލް ސްޓޭންޑާޑްގެ ދަށުން އަމަލު ކުރާނެ އުސޫލެއް އެކުލަވާލުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މިއަދު ބާއްވާފައިވަނީ ތައާރަފު ބައްދަލުވުމެކެވެ. ޓެކްނިކަލް ސްޓޭންޑާޑް އެކުލަވާލުމުގެ މަސައްކަތް ރަމަޟާން މަސް ނިމުމުން ފަށަން ހަމަޖެހިފައިވާ ކަމަށް ބްރޯޑްކޮމްއިން ބުނެއެވެ.

comment ކޮމެންޓް