ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ބްރިޓިޝް އެއާވޭޒްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި --- ފޮޓޯ/ އެމްއޭސީއެލް

ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ބްރިޓިޝް އެއާވޭސްގެ ސީދާ ދަތުރުތައް މިހާރު ހަފުތާއަކު ދެ ދުވަހު ކުރިނަމަވެސް ފަތުރުވެރިކަމުގެ ހައިސީޒަން ފެށުމާއެކު، އަންނަ މަހުން ފެށިގެން ދުވާލަކު އެއް ފްލައިޓް ރާއްޖެ އަންނާނެއެވެ. ބްރިޓިޝް އެއާވޭސް އަކީ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް އާދަކޮށް އުދުހުންތައް ބާއްވަމުން އަންނަ އެއާލައިނެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިނގިރޭސިވިލާތަކީ ވަރަށް މުހިއްމު މަންޒިލެކެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ޒަމާންވީ މާކެޓެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމަކީވެސް އިނގިރޭސިވިލާތެވެ. މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 131،396 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް