އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ނުފަތުރަން ގޮވާލައިފި

ބަންގްލަދޭޝްގެ އަލްމްގީރު ---

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ނުފެތުރުމަށް ގިނަ ބަޔަކު ގޮވާލަން ފަށައިފިއެވެ.

ފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، އެފަދަ މަންޒަރުތައް ފެންނަ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ދީނީ އިލްމުވެރިޔާ ޝަފީއު އަބްދުﷲ ވަނީ ލިވާތުކުރުން ފަދަ ހަޑިމުޑުދާރު ފާހިޝް އަމަލުތަކާއި ޖަރީމާތަކާ ބެހޭގޮތުން މަޖަލަކަށް ހަދައިގެން ވާހަކަ ނުދެއްކުމަށް ގޮވާލައްވާފައެވެ.

"އޭގެ ސަބަބުން މީސްތަކުން އެއާ މެދު ދެކެމުން އައި ސީރިއަސްކަން ކެނޑިގެން ހިނގައިދާނެ. މުޖުތަމައުގެ ނަޒަރު އެކަމާ ބެހޭ ގޮތުން ބަދަލުވެ އެފަދަ ފާހިޝްކަންކަން އާދައިގެ ކަމަކަށް ބަދަލުވެގެން ހިނގައިދާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދީނީ އަދުއްވުން ބޭނުންވާ ގޮތަކީވެސް އެއީ ކަމަށާއި އެހެންކަމުން އެފަދަ ފާހިޝް އަމަލުތަކާއި ހަޑިމުޑުދާރު އަމަލުތައް ފެންނަ ވީޑިއޯތައް ފެތުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

https://www.facebook.com/100004716973545/posts/pfbid0uM9Nowayf1Wc68j3Ac39yD6s8Ko7HG4hjhDe8vd4eKZzpW3emaimsXwmh2dvM9nwl/?mibextid=tv9c0b&fs=e&s=cl

މީގެ އިތުރުން، ދީނީ އިލްމުވެރިންނާއެކު ދީނީ އެކި ކަންކަމަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާ އަލީ ރަމީޒް ވަނީ އެފަދަ ވީޑިއޯތައް އާންމުކުރުމުން ފަޟީހަތްވަނީ ހަމައެކަނި އެ ވީޑިއޯގައި ހިމެނޭ މީހުން އެކަނި ނޫންކަމަށް ބުނެ ޓުވީޓެއް ކޮށްފައެވެ.

އޭނާ ބުނީ އެ ވީޑިއޯތަކުގެ ސަބަބުން އޭގައި ހިމެނޭ މީހުންގެ އާއިލާތައްވެސް ލަދުވެތިކަމުގައި އުޅެން ޖެހި ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށްވެސް ވެއްޓިގެންދާކަމަށެވެ.

"ވީޑިއޯތައް އާންމުކުރުމުގެ ސަބަބުން މުޖުތަމައުގައި ފާހިޝް ކަންކަން ލުއި ވެގެންދޭ. ގައުމުތައް ހަލާކުކޮށްލަން ބޭނުންކުރާ އުކުޅުތަކަށް ބަލާއިރު އެއީވެސް އެކަން ކުރަން ބައެއްގެ އެޖެންޑާއެއް ކަމަށް ބެލެވޭ،" އޭނާގެ ޓުވީޓުގައިވެއެވެ.

އެ ވީޑިއޯތަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމު ރައްޔިތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެފަދަ ފާހިޝް އަމަލުތައް ކުރާ ވީޑިއޯތަކުން މުޖުތަމައަށް ލިބެނީ ލިބެން ނުޖެހޭ މެސެޖެއް ކަމަށާއި އެފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި މަޖާ ކަމެއް ނޫންކަމަށް އެމީހުން ވަނީ ބުނެފައެވެ.

މަޖަލަކަށް ހަދައިގެން އެ ވީޑިއޯތައް ފަތުރަމުންދާއިރު އެކަމުގެ ހުރި ބިރުވެރިކަން ދެނެގަތުން މުހިންމު ކަމަށާއި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތައް އާންމުކުރުމުން ދީނާއި ޚިލާފު ކަންކަން ކުރުމަށް މީހުންނަށް ދެވެނީ އިތުރު ބާރެއް ކަމަށް އެމީހުން ބުނެއެވެ.

https://www.facebook.com/100004716973545/posts/pfbid0uM9Nowayf1Wc68j3Ac39yD6s8Ko7HG4hjhDe8vd4eKZzpW3emaimsXwmh2dvM9nwl/?mibextid=tv9c0b&fs=e&s=cl

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރު ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްސަލަ މިހާރު ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވާފައެވެ.

އެ މައްސަލައިގެ ތުހުމަތަށް ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ރާފިއުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ހުޅުމާލޭ މިސްކިތެއްގެ އިމާމަކަށް ވެސް ވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުކޮށްފައެވެ.

އެ މައްސަލާގައި އެންމެފަހުން ސަސްޕެންޑުކޮށްފައި ވަނީ އެމްއެންޑީއެފްގެ މީހެކެވެ.

comment ކޮމެންޓް