ފިލްމީ ތަރި ހުނޫގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާ، ސާބިތުވެއްޖެނަމަ 75 އަހަރަށް ޖަލަށް

ފިލްމީތަރި ހުނައިޝާ އާދަމް (ހުނޫ) --- އިންސްޓަގްރާމް ފޮޓޯ/ ނައުޝަލް

ފިލްމީތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ)ގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފިއެވެ.

ހުނޫގެ މައްޗަށް އެ ދައުވާ އުފުލީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނަ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތެކެތި ފެނުނު މައްސަލާގައެވެ. އެ މައްސަލާގައި އޭނާގެ ލޯބިވެރިޔާގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގައި ހުނޫގެ ލޯބިވެރިޔާގެ އިތުރުން އެހެން މީހަކަށް ވެސް ދައުވާކޮށްފައިވެއެވެ.

ހުނޫ އަކީ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ. އިންސްޓަގްރާމްގައި އެނާގެ 25،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިފައިވާ ހުނޫ ހައްޔަރުކުރިއިރު ވެސް އޭނާ ދިޔައީ ބައެއް ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް