ފުރަތަމަ ފަހަރަށް އަންހެނަކު އެޗްއައިވީން ފަސޭހަވެއްޖެ

އެޗްއައިވީ ވައިރަސް؛ ފޮޓޯ - ސެންޓިނެލް

ލުކީމިއާ ނުވަތަ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އެމެރިކާ އަންހެނަކު އެޗްއައިވީ ބަލިން ފަސޭހަވެއްޖެއެވެ.

ސްޓެމް ސެލް ޓްރާންސްޕްލާންޓް މެދުވެރިކޮށް ފަރުވާދިން މި އަންހެންމީހާއަކީ މިހައިތަނަށް އެޗްއައިވީ ބަލިން ފަސޭހަވި ތިން ވަނަ މީހާއެވެ.

ބޯން މެރޯގައި ފެށޭ ކެންސަރެއްކަމަށްވާ ލުކީމިއާއަށް މި އަންހެންމީހާ ފަރުވާ ހޯދަމުން އައިއިރު، އޭނާއަކީ މެދުއުމުރުގެ އަންހެނެކެވެ.

އަމްބިލިކަލް ކޯޑުގެ ލޭ ބޭނުންކޮށްގެން ފަރުވާދިން މިމީހާ ބަލިން ފަސޭހަވުމާއެކު އެޗްއައިވީއަށް ފަރުވާއެއް ލިބުމުގައި އައު ހަރުފަތަކަށް ދެވިފައިވާކަމަށް ސައިންޓިސްޓުން ޤަބޫލުކުރެއެވެ.

މީގެކުރިން އެޗްއައިވީން ފަސޭހަވި ދެ މީހުންނަކީ ފިރިހެނުންނެވެ. ކަޅު އަދި ދޮން ނަސްލަށް ނިސްބަތްވާ މި ދެ ފިރިހެނުން ބަލިން ފަސޭހަވެފައިވަނީ އެޑަލްޓް ސްޓެމްސެލްސް ފަރުވާއިންނެވެ.

comment ކޮމެންޓް