ފައިޒާ އަދި މޮޑާނާގެ ބޫސްޓާ ޑޯޒް އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް 90 އިންސައްތަ ކާމިޔާބު

ފައިޒާ ވެކްސިން. ފޮޓޯ/ބީބީސީ

ފައިޒާ އަދި މޮޑާނާގެ ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް 90 އިންސައްތަ ކާމިޔާބުކަމަށް އެމެރިކާގެ ސީޑީސީން ބުނެފިއެވެ.

ސީޑީސީން ބުނި ގޮތުގައި ފައިޒާ އަދި މޮޑާނާގެ ބޫސްޓާ ޑޯޒުން އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްދެއެވެ.

އަދި މި ވެކްސިންގެ ބޫސްޓާ ޑޯޒްތައް ކޮވިޑް-19 އާ ގުޅޭ އެމަޖެންސީ އާއި ކުއްލި ފަރުވާ ދޭންޖެހޭ ނިސްބަތްވެސް ކުޑަކޮށްދޭކަމަށް އެ އިދާރާ އިން ބުނެއެވެ.

"މީގެއިންވެސް ދޭހަވަނީ ބޫސްޓާ ޑޯޒް ޖެހުމުގެ މުހިންމުކަން،" ސީޑީސީގެ ފަރާތުން މި ދިރާސާކުރި މީހަކު ބުންޏެވެ.

އެމެރިކާގައިވެސް ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޮވިޑުގެ އައު ވޭރިއަންޓުކަމަށްވާ އޮމިކްރޯންގެ ސަބަބުން ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

ބައެއް ގައުމުތަކުން އަންނަނީ ބޫސްޓާ ޑޯޒަށް ފަހު ވެކްސިންގެ ހަތަރު ވަނަ ޑޯޒެއްވެސް ދެމުންނެވެ.

comment ކޮމެންޓް