ވިކީއާއި ކެޓްރީނާ ކައިވެނިކޮށްފި! މީޑިއާއަށް އައީ އީދެއް!

ވިކީ އާއި ކެޓްރީނާ ވަނީ އިއްޔެ ކައިވެނިކޮށްފަ -- ފޮޓޯ/ އިންސްޓަގްރާމް

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފް އިއްޔެ ކައިވެނިކޮށްފިއެވެ.

ވިކީއާއި ކެޓްރީނާ ވަނީ ކައިވެނީގެ ބައެއް ފޮޓޯތައް އިންސްޓަގުރާމުގައި ހިއްސާކޮސްފައެވެ. އަދި އެތައް ބަޔަކު ދެމީހުންގެ ކައިވެންޏަށް މަރުހަބާ ކިޔާފައިވާއިރު މުޅި މީސްމީޑިއާ އިއްޔެ ފުރާލައިފައި ވަނީ ދެމީހުންގެ ކައިވެނީވެ ފޮޓޯތަކުންނާއި މަރުހަބާގެ ލިޔުންތަކުންނެވެ. ޓިކްޓޮކުންނާއި ޔޫޓިއުބުންނާއި ފޭސްބުކް, ޓްވިޓާ އަދި އިންސްޓަގްރާމްގެ ފީޑުން އިއްޔެ ވިކީއާއި ކެޓްރީނާގެ ހިޔަނި ފިލައި ނުދެއެވެ.

ހިތްގައިމު ފޮޓޯތައް ދެމީހުންވެސް ހިއްސާކޮށްފައިވާއިރު އެއީ ކައިވެނިވީ ވަގުތުގެ ފޮޓޯތަކެކެވެ. އިންޑިއާގެ ރިޕޯޓުތައް ބުނާ ގޮތުން ވިކީއާއި ކެޓްރީނާގެ ކައިވެނި ހެދުން ތައްޔާރުކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރު ސަބްޔާސާޗީ މުކެރްޖީއެވެ.

ވިކީ އާއި ކެޓްރީނާ ވަނީ އިއްޔެ ކައިވެނިކޮށްފަ -- ފޮޓޯ/ އިންސްޓަގްރާމް

ބޮލީވުޑްގެ ގިނަ ފަރާތްތަކަށް ކައިވެނީގެ ދައުވަތު ދީފައިވާއިރު މި ކައިވެންޏަކީ މިހާތަނަށް ބޮލީވުޑުގެ އެންމެ ގިނަ ތަރިން ބައިވެރިވި ކައިވެންޏަށް ވުމާ ގާތެވެ.

ދެމީހުންގެ ކައިވެންޏާއެކު މީސްމީޑިއާގައި ދެކެވެމުން އަންނަ ވާހަކަ އަކީ ސަލްމާން ޚާނަށާއި ރަންބީރް ކަޕޫރަށް ދައުވަތު ނުދޭ ވާހަކައެވެ. އަދި ކައިވެނި ވުމަށްފަހު އެދެމީހުންގެ އިހުސާސްތަކާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.

ވިކީ އާއި ކެޓްރީނާ ވަނީ އިއްޔެ ކައިވެނިކޮށްފަ -- ފޮޓޯ/ އިންސްޓަގްރާމް

އެ ދެ މީހުންގެ ކައިވެނީގެ ހަރަކާތްތައް ރާޖެސްތާނުގެ ސަވާއި މަދުޕޫރުގެ ސިކްސް ސެންސެސް ހޮޓެލްގައި މިދިޔަ އަންގާރަ ދުވަހު ވަނީ ފަށައިފައެވެ. އަދި ކައިވެނީގެ ފަހުންވެސް ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ކައިވެނީގެ ހުރިހާ ހަރަކާތްތައް ނިމުމަކަށް އަންނާނީ އާދިއްތަ ދުވަހުގައެވެ.

comment ކޮމެންޓް