ދައުލަތުގެ ފައިސާގައި ޖެހިފައެއް ނުވާނެ، ދެން ވެސް އަޅުގަނޑުގެ ގައިގައި އަތެއް ނުލެވޭނެ: ރައީސް ޔާމީން

"ޝުކުރިއްޔާ ރައްޔިތުން"ގެ ނަމުގައި މިރޭ ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ -- ފޮޓޯ/ ޓްވިޓާ

ދައުލަތުގެ އެއްވެސް ފައިސާއެއްގައި ޖެހިފައިނުވާނެކަމަށާއި ދެން ވެސް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވިކަމަށް ބުނެ އުފުލާ މައްސަލައެއްގައި އެ މަނިކުފާނުގެ "ގައިގައި އަތް ނުލެވޭނެ"ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

"ޝުކުރިއްޔާ ރައްޔިތުން"ގެ ނަމުގައި މިރޭ ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ އެ މަނިކުފާނަކީ ދައުލަތަށް ހިޔާނާތްތެރިވާނެ ބޭފުޅެއް ނޫންކަން ތަކުރާރުކުރައްވައިފައެވެ. މިއީ އެ މަނިކުފާނަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލުކޮށް އެ މަނިކުފާނު މިނިވަންވުމަށްފަހު ޕޯޑިއަމެއްގައި އާންމުންނާ މުހާތަބުކުރެއްވި ފުރަތަމަ ފަހަރެވެ.

"މިރޭ ވެސް އަޅުގަނޑު ދަންނަވާނީ، ދައުލަތުގެ ފައިސާއިން ވައްކަން ކޮށްގެން، ދައުލަތުގެ ފައިސާގައި ޖެހިގެން ހައްގު ޝަރީއަތެއް ކޮށްފިކަމަށްވަންޏާ، އަދުލުވެރިކަމާއެކީ ކަމެއް ބަލައިފިކަމަށްވަންޏާ ހަމަ މީގެ އަހަރުތަކެއް ކުރިން މި ޕޯޑިއަމްގައި ދެންނެވިގޮތަށް އަޅުގަނޑުގެ ގައިގައި އަތްލެވޭނެ ޖާގައެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

"ޝުކުރިއްޔާ ރައްޔިތުން"ގެ ނަމުގައި މިރޭ ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ -- ފޮޓޯ/ ޕީޕީއެމް

މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންވަނީ ގައުމުގައި އަދުލު އިންސާފު އޮތް މިންވަރާ މެދު ސުވާލު އުފައްދަވައިފައެވެ. އެ ގޮތުން އެންމެ މުހިންމީ އަދުލުގެ ދާއިރާގައި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ މިއަދު އަޅުގަނޑުމެން ސުވާލުކުރަން ޖެހެނީ ދިވެހިރާއްޖޭގައި އަދިވެސް އެންމެ ކޮރީ ކޮން ކަމެއްތޯއޭ. ހަމަ އަދުލުުގެ ނިޒާމު އެންމެ ކޮރީ. ކެރިގެން ވާހަކަދައްކަންވީ. މި ކަމުގެ ވާހަކަދައްކައިގެން ޖަލަށް ގެންދަންޏާ އަނެއްކާ ވެސް ގެންދަންވީ. އެކަމަކު އަޅުގަނޑުމެންނަށް ހަމަޖެހިގެން ކަންކަމެއް ކުރިއަށް ނުގެންދެވޭނެ، އަދުލުގެ ނިޒާމަކީ ހުރިހާ ނުފޫޒަކުން އެއްކިބައިވެފައިވާ އޮތް ނިޒާމެއްކަމަށް ރައްޔިތުން ގަބޫލުކުރާ ފެންވަރަށް ގެންގޮސްގެން ނޫނިއްޔަކާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީންވަނީ އެ މަނިކުފާނު މިނިވަންކޮށްދެއްވުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެެ. އަދި ދެން އިދިކޮޅުގެ ހަރަކާތްތައް ކުރިއަށްގެންދާނީ މާ ވަރުގަދަކޮށްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ ކޯލިޝަނުން ކުރަނީ ގައުމީ މަސައްކަތެއްކަމަށް ވެސް ވިދާޅުވިއެެވެ.

"ހަމަ ހުރިހާ ރައްޔިތުން ހެޔޮ އެދިގެން އަޅުގަނޑު ޖަލުން މިންޖުކޮށްދެއްވާތޯ ﷲއަށް ދުއާ ދެންނެވީ ހަމަ ކެނޑިނޭޅި އެއްވެސް ކަހަލަ ވަރުބަލިކަމެއް، ފޫހިކަމެއް، ނޫނިއްޔާ މިކަން ނުވެދާނެކަމުގެ ނާއުންމީދީ ޝުއޫރެއް ނެތި. އަޅުގަނޑުމެންނަށް މީގެ ނަތީޖާ ސިޔާސީ ގޮތުން ފެނިގެންދިޔަ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އިދިކޮޅުން މިރޭ ޖަލްސާއެއް ބާއްވާފައިވާއިރު އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް ބޭއްވުމަށްވަނީ ހަަމަޖެހިފައެވެ.

https://sun.mv/159571

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ "މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި ބާއްވާ އެ ޖަލްސާގައި އެމަނިކުފާނު ދިވެހި ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.

އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލް 19ގައިއެވެ.

ސުޕްރީމް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ވަނީ ހައި ކޯޓުން ދެމެހެއްޓި ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށް ނިންމައިފައެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. އޭނާގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ވަނީ ތާއިދު ކުރައްވާފައެވެ. އެއީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.

comment ކޮމެންޓް