"އަދިޕުރުޝް"ގެ ޝޫޓިން ސައިފް ނިންމާލައިފި

އެކްޓަރު ސައިފް އަލީ ޚާން---

ސައިފް އަލީ ޚާން އާ "ބާހުބަލީ" އިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރު ޕްރަބާސް ލީޑު ރޯލުން ފެނިގެންދާ ފިލްމު "އަދިޕުރުޝް" ގެ ޝޫޓިން ސައިފް ނިންމާލައިފިއެވެ.

އެ ފިލްމުގައި ސައިފް ކުޅެނީ ލަންކޭޭޝް ކިޔާ ކެރެކްޓަރެކެވެ. ފިލްމުގެ ޑައިރެކްޓަރު އޯމް ރައުތު ބުނީ އަދިޕުރުޝްގައި ސައިފް ފެނިގެންދާ މަންޒަރުތައް އޭނާ ޝޫޓްކޮށް ނިންމާލައިފި ކަމަށާއި އޭނާއާއެކު ކުރެވުނު މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަޖެހޭ ކަމަށެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމުގެ އަންހެން ބަތަލާގެ ރޯލުން ފެނިގެންދަނީ މިހާރު ބޮލީވުޑްގެ ޑިމާންޑްބޮޑު ބަތަލާ ކްރިތީ ސެނަން އެވެ.

މި ފިލްމުގައި މި ތަރިންގެ އިތުރުން ސަނީ ސިންހް ވެސް ހަރަކާތްތެރިވެއެވެ. ފިލްމުގައި އޭނާ ކުޅޭނީ ލަކްޝްމަން ކިޔާ ކެރެކްޓާއެކެވެ. ޕްރަބާސް ރާމް ކެރެކްޓާ ކުޅޭއިރު ކްރިތީ ކުޅޭނީ ސިތާ ކެރެކްޓާއެވެ. ބަތަލާ ކްރިތީ އަށް މި ރޯލު ކުޅެން ލިބުމާއެކު ކްރިތީ ބުނީ މިއީ އާ ދަތުރެއް ކަމަށާއި މި ފިލްމުވެގެންދާނީ ވަރަށް ހާއްސަ ފިލްމަކަށް ކަމަށެވެ. ހާއްސަކޮށް މި ކާސްޓާއެކު ފިލްމެއް ކުޅެން ލިބުމުން މިއީ ވަރަށް ބޮޑު ނަސީބެއް ކަމަށްވެސް އޭނާ ބުންޏެވެ.

ސައިފް އާ ޕްރަބާސް މި ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު އަދިޕުރުޝް ރިލީޒްކުރާނީ 11 އޯގަސްޓް 2022 ގަ އެވެ. މިއީ ކްރިތީ ވެސް މިދެތަރިންނާއެކު މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް