ޕޮލޭންޑްގެ މަޖިލިސް މެމްބަރުންތަކެއްގެ އީމެއިލް ހެކުކޮށްފި

ޕޮލެންޑުގައި އެ ގައުމުގެ މަޖިލިސް މެމްބަރުންތަކެއްގެ އީމެއިލް އެކައުންޓު ހެކުކޮށްލައިފިއެވެ.

ޕޮލެންޑުގެ ކައުންޓާ އިންޓެލިޖަންސުން ބުނާގޮތުން މިއީ އެ ގައުމުން ފަހުގެ ތާރީޚެއްގައި ދެވުނު އެންމެ ވަރުގަދަ ސައިބާ އެޓޭކެވެ.

ޕޮލެންޑު ސަރުކާރުގެ އިސް އޮފިިޝަލަކު ވިދާޅުވި ގޮތުގައި މަޖިލިސް މެމްބަރުންތަކެއްގެ އީމެއިލް ހެކުކޮށްލުމުގެ ސައިބާ އެޓޭކު އައިސްފައިވަނީ މީގެ ދެ ހަފްތާ ކުރިން މިފަދަ އެޓޭކެއްގައި އެ ގައުމުގެ ކުރީގެ އަދި މިހާރުގެ ސަރުކާރުގެ 100 އަށްވުރެ ގިނަ އޮފިޝަލުންގެ އީމެއިލް ހެކުކޮށް އޭގެ މައުލޫމާތުތަކެއް ނަގާފައިވާ ވަގުތެއްގައެވެ.

ހެކުކުރެވިފައިވާ އެކައުންޓުތަކުގެ ތެރޭގައި އެ ގައުމުގެ ބޮޑުވަޒީރުގެ އެންމެ އަރިސް ބޭފުޅުންގެ އެކައުންޓު ހިމެނޭއިރު މުހިންމު ލިޔެކިޔުންތައް އަމިއްލަ ނުރަސްމީ އީމެއިލް އެކައުންޓުން ބަދަލުކުރާކުރުމަށް އިދިކޮޅުގެ ބޮޑެތި ފާޑު ކިޔުންތަކެއް ސަރުކާރުގެ އޮފިޝަލުންނަށް އަންނަނީ އަމާޒުވަމުންމެވެ.

މި ސައިބާރ އެޓޭކުގައި އެކައުންޓަށް ގެއްލުން ލިބުނު ހުރިހާ މެމްބަރުންނަށް އަންގާފައިވާ އިރު މިހާރު ފެނިފައިވާ ހެކިތަކުން ދައްކާގޮތުގައި ހެކަރުންނާއި ރަޝިޔާގެ ސީކްރެޓް ސާރވިސަސް އާ ދެމެދު ގުޅުމެއްވާކަމަށް ޕޮލިޝް ކައުންޓާރ އިންޓެލިޖެންސް އިން ހާމަކުރެއެވެ.

ޕޮލިޝް ކައުންޓާ އިންޓެލިޖެންސް ބުނާގޮތުން މި ހަމަލާ ދީފައިވަނީ UNC1151 ކިޔާ ހެކަރުންތަކެއް ކަމަަށާއި މިއީ ގޯސްޓް ރައިޑާ ނަމަކަށް ކިޔާ ކެމްޕެއިނެއްގެ ތެރެއިން ޕޮލެންޑުގެ ސިޔާސީ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ހަރަކާތެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި މި ހަރަކާތުގެ ސަބަބުން އެ ސަރަހައްދުގެ އިތުރު ގައުމުތަކަކަށްވެސް މިކަމުގެ ގެއްލުން ކުރިމަތިވަމުން އަންނަކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް