ދަމު ނަމާދަށް ތިއްބައި މިސްކިތަށް ވަދެ މުދިމަށް ހަމަލާ ދީފި

ލ. ގަން (ފޮޓޯ/ވިޒިޓް ލާމު/ފޭސްބުކް)

ލ. ގަމު މިސްކިތެއްގައި ރޭ ދަމު ނަމާދު ކުރަމުން ދަނިކޮށް، މީހަކު މިސްކިތަށް ވަދެ މުދިމަށް ހަމަލާދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަން ހިނގާފައި ވަނީ ގަން، ތުނޑި، އާބާދީ ސަރަހައްދު މިސްކިތުގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިސްކިތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް މިސްކިތައް މީހަކު ވަދެ، މުދިމު ގައިގައި ޖަހައި މައިކް އެއްލާލުމަށް ފަހު ގޮސްފައިވާ މައްސަލައެއް ރޭ 02:50 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މިދިޔަ ޖެނުއަރީ މަހު ހުޅުމާލޭ އަޒީޒާ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހަކާ މާރާމާރީ ހިންގައިގެން އިންޑިއާ މީހަކު ހައްޔަރުކުރި އެވެ. އަދި އޭނާ ވަނީ ޑީޕޯޓުކޮށްލައިފަ އެވެ.

comment ކޮމެންޓް