ގޭސް ފުޅިއެެއް ވަގަށް ނެގި ދެ މީހަކު ހޯދަނީ

ގޭސް ފިޅިއެއް ވަގަށް ނެގި މައްސަލާގަައި ހޯދާ ދެމީހުން ---

ހެންވޭރު ގެއަލުން ގޭސް ފުޅިއެއް ވަގަށް ނެގި ދ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

އެ ދެމީހުންގެ ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ އެ މީހުންނަކީ މި އެޕްރީލް މަހުގެ ހަތްވަނަ ދުވަހު ހެންވޭރު ގެއަކުން ގޭސް ފުޅިއެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.

އެ ދެ މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރާއެކު އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

އެ މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 483877 އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

comment ކޮމެންޓް