ގެޓް އިން ދަ ޒޯން: ގޭގައި ކޮށްލުމަށް ޕުޝް ވޯކްއައުޓްތަކެއް

ފިޓްޒޯންއާއެކު ސަންއިން ރޯދަމަހު ގެނެސްދޭ "ގެޓް އިން ދަ ޒޯން" ވޯކްއައުޓް ސީރީޒްގައި މިއަދު ގެނެސްދެނީ މޭމައްޗާއި، ކޮނޑާއި ޓްރައިސެޕް މަސްތަކަށް ހާއްސަ ޕުޝް ވޯކްއައުޓްތަކެކެވެ.

ފިޓްޒޯންގެ ސީނިއާ ޓްރެއިނަރ ރިފާޝް ރިޔާޒް، ތަފާތު ތިން ވައްތަރެއްގެ ވޯކްއައުޓްތަކެއް މިއަދު ދައްކައިދޭނެއެވެ. މިއަދުގެ ބައެއް ވޯކްއައުޓްތަކަށް ޑަމްބެލްއެއް އޮތްނަމަ ބޭނުންކުރަންވާނެއެވެ. ޑަމްބެލްއެއް ނެތްނަމަ އެހެން ބަރެއް، ނުވަތަ ފެންފުޅިއެއްވެސް ބޭނުންކުރެވިދާނެއެވެ.

ރިފާޝް ބުނީ މިއީ ގައިގެ މަސްތައް ޓޯން ކޮށްލުމަށް ރަނގަޅު ކަސްރަތުތަކެއް ކަމަށެވެ. އަދި ރަނގަޅު ޑައެޓާއެކު މި ކަސްރަތުތައް ކުރުމަކީ މަސްލްވެސް ބިލްޑްކުރެވޭނެ ކަމެއް ކަމަށެވެ.

މޭމަތީގެ މަސްތަކަށް ހާއްސަ ކަސްރަތުތައް:

  • ޗެސްޓް ޕްރެސް - 12-15 ރެޕްސްގެ 3-5 ސެޓު
  • ފްލައީސް - 12-15 ރެޕްސްގެ 3-5 ސެޓު
  • ޕުޝްއަޕްސް ނުވަތަ ޑައިމަންޑް ޕުޝްއަޕްސް -12-15 ރެޕްސް 3-5 ސެޓު

ކޮނޑުގެ މަސްތަކަށް ހާއްސަ ކަސްރަތުތައް:

  • ޝޯލްޑާ ޕްރެސް - 12-15 ރެޕްސްގެ 3-5 ސެޓު
  • ލެޓަރަލް ރެއިޒް - 12-15 ރެޕްސްގެ 3-5 ސެޓ
  • ފްރަންޓް ރެއިޒް - 12-15 ރެޕްސްގެ 3-5 ސެޓު
  • ރެއާ ޑެލްޓް ފްލައީސް - 12-15 ރެޕްސްގެ 3-5 ސެޓު

ޓްރައިސެޕް މަސްތަކަށް ހާއްސަ ކަސްރަތުތައް:

  • ޑިޕްސް
  • ޓްރައިސެޕް ކިކްބެކްސް - 12-15 ރެޕްސްގެ 3 ސެޓު
comment ކޮމެންޓް