130 ކިލޯގެ ޑްރަގް މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ

ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން ހޯދުނު 130 ކިލޯގެ މަސްތުވާތަކެތި މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ފެށަން ތާވަލު ކޮށްފި އެވެ.

އެ ނެޓްވޯކްގެ އެންމެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރަނީ ޕީއެންސީގެ ކައުންސިލް މެމްބަރު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު ޝަހީބް އިބްރާހިމް އަށާއި ހއ. ހޯރަފުށި ވައިލެޓްވިލާ، އަހުމަދު މޫސާ އަށެވެ. އެ ދެމީހުން ހިމެނޭ ގޮތަށް ހަ މީހަކަށް އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވެ އެވެ.

އެ ދެ މީހުންގެ އިތުރުން ދެން ދައުވާ އުފުލާފައިވަނީ، އަސީލް މާހިރު، ދުންފިނިގެ/ ގއ. ވިލިނގިލި އާއި އަނަސް ހުސައިން، ސެލް/ ޅ. ހިންނަވަރު އަދި ބަންގްލަދޭޝައަށް ނިސްބަތްވާ ދެ މީހަކަށެވެ. އެއީ މުހައްމަދު ރިޔާދު އަދި އިގްބާލް އެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން ޝަރީއަތް ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހު މެންދުރު 13:00 އަށެވެ

އުފުލާފައިވާ ދައުވާތައް

  • ޑައިމޯފިން ޓްރެފިކް ކުރުން: (އަދަބު: 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާކުރުން.)
  • މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުން: (އަދަބު: 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާކުރުން.)
  • މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ރާއްޖެ އެތެރެކުރުން: (އަދަބު: 25 އަހަރަށް
  • ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާކުރުން.)
comment ކޮމެންޓް