ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް މެމްބަރުން އައްޔަނުކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް މިއަދު ފަސް މެމްބަރުން އައްޔަނުކުރައްވައިފި އެވެ.

ޓެކްސް އެޕީލްގެ މެމްބަރުކަމަށް ހުޅުވާލީ މިމަހު 28 ވަނަ ދުވަހު އެ އިދާރާގެ ފަސް މެމްބަރުންގެ ދައުރު ހަމަވާތީއެވެ.

އެ މަގާމަށް އައްޔަނުކޮށްފައިވަނީ:

  1. މުހައްމަދު މުނައްވަރު އަލީ، ވެސްޓްބީޗް / އއ.މަތިވެރި - 53 މެމްބަރުން ފެންނަ ކަމަށް
  2. ފާތިމަތު މިންޙަތު އިއްޒަތު، ގ.ގޮފި - 51 ވޯޓު ފެންނަ ކަމަށް
  3. އިސްމާޢީލް ސާޖިދު، މއ.ވިލާރޮދި
  4. ހުސައިން ޒައިދާން ޖަލީލު، މ.ފާމުދޭރިގެ
  5. އަހްމަދު އަޝްރަފް، ދަފްތަރު ނަންބަރު ރސ 7883

ޓެކްސް އެޕީލް ޓްރަބިއުނަލަށް ނުވަ ފަރާތެއް ވަނީ ކުރިމަތިލާފައެވެ. އެ ނަންތައް ދިރާސާ ކުރުމަށްފަހު، ފަސް ބޭފުޅަކަށް ރުހުން ދޭން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން މަދުވެގެން ދެ މެމްބަރުންނަކީ ރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތްކޮށް، މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މެމްބަރުން ކަމުގައިވާން ޖެހެއެވެ.

comment ކޮމެންޓް