ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަދީޖާ އައްޔަންކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް މ. ރަންވަރަ، އަލްއުސްތާޛާ ހަދީޖާ ނައީމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.

ހަދީޖާ ނައީމް އައްޔަންކުރެއްވީ އެ ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ. ހަދީޖާ ނައީމަކީ، ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވާސިޓީއިން ބިޒްނަސް ލޯގެ ދާއިރާއިން މާސްޓާސް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އެންމެ ފަހުން ފުރުއްވާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ލީގަލް އޮފިސަރުގެ މަގާމެވެ. އޭގެ އިތުރުން، އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމާއި، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ލީގަލްގެ މަގާމު ވެސް މީގެކުރިން ފުރުއްވާފައިވެ އެވެ.

comment ކޮމެންޓް