'އަހާ' ފޯރަމް ހޯމަ ދުވަހު، ސުވާލު ފޮނުވަން ހުޅުވާލައިފި

ހޯމަ ދުވަހުގެ ރޭ އޮންނަ އަހާ ފޯރަމްގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާ ސުވާލު ކުރެވޭނެ --

މި ސަރުކާރުން ކުރިއަށްގެންދާ 'އަހާ' ފޯރަމްގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެ އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ކުރިއަށްގެންދާ އަހާ ފޯރަމް ދެން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 8:30ގައި ކަމަށެވެ.

މި ފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.

އެ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލު ފޮނުވާނީ އޭއެޗް ޖެހުމަށް ފަހު ކުޑަ ހުސްތަންކޮޅެއް ދިނުމަށް ފަހު، ސުވާލު ލިޔެ، 300 ނަމްބަރަށެވެ.

މި ސަރުކާރުން 'އަހާ' ފޯރަމް ފަށައި އެފަދަ ފުރަތަމަ ފޯރަމެއް ބޭއްވީ މިދިޔަ ޖެނުއަރީ މަހުގެ 25ގައެވެ.

އެ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމާއި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

އެއަށްފަހު ފެބްރުއަރީ 23ގައި ބޭއްވި ދެވަނަ ފޯރަމްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.

https://sun.mv/189063

އެ ފޯރަމްގެ ތެރެއިން ވަނީ ސީދާ ރައީސަށް ސުވާލާއި ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހެޅުމަށް ޚާއްސަ ޕޯޓަލް އިފުތިހާހުކޮށްފައެވެ.

comment ކޮމެންޓް