ލާލް ސިންހް ޗައްޑާ ވާނީ ތާރީީހީ ފިލްމަކަށް

ކުޅަދާނަ އެކްޓަރު އާމިރު ޚާން ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ލާލް ސިންހް ޗައްޑާ" ވެގެންދާނީ ބޮލީވުޑްގެ ތާރީހުގައި ވެސް ވަރަށް ހާއްސަ ފިލްމަކަށެވެ.

ސަބަބަކީ އެ ފިލްމަކީ ބޮލީވުޑްގެ ތިން ޚާނުން ވެސް އެކުގައި ފެނިފެންދާނެ ފުރަތަމަ ފިލްމަށް ވާތީ އެވެ. އާމިރު، ސަލްމާން ޚާން އަދި ޝާހްރުކް ޚާން ވެސް މި ފިލްމުގެ މަންޒަރަކުން ފެނިގެންދާނެކަން މިހާރު ކަށަވަރުވެފައިވާއިރު ޝާހު މި ފިލްމުން ފެންނާނީ ‘ރާޖް’ ކެރެކްޓާގެ ނަމުގަ އެވެ. އެއީ 1995 ވަނަ އަހަރު ޝާހް ކުޅުނު ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގައި އޭނާ ކުޅުނު ކެރެކްޓަރުގެ ނަމެވެ.

ސަލްމާން މި ފިލްމުން ފެންނާނީ "ޕްރޭމް" ކެރެކްޓަރުންނެވެ. ޝާހުގެ ރޯލު މިހާރު ޝޫޓްކޮށް ނިންމާލިއިރު ސަލްމާންގެ ރޯލުވެސް ވަރަށް އަވަހަށް ޝޫޓްކޮށް ނިންމާލާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

މި ފިލްމަކީ ހޮލީވުޑްގެ ޑައިރެކްޓަރު ޓޮމް ހޭންކް ގެނެސްދިން "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރީމޭކްއެކެވެ. ލާލް ސިންހް ޗައްޑާ ރިލީޒްކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 25ގަ އެވެ. ތިން ޚާނުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.

comment ކޮމެންޓް