މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

ޝިރުމީނާ --

މާލެއިން އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ ވީނުވީ އެއް ނޭނގި ގެއްލިގެން ހޯދަމުންދަނީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ކަމަށެވެ.

ޝިރުމީނާ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެރޭ 22:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ގެއްލިގެން އާއިލާ އިން ހޯދަން ފަށާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝިރުމީނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޝިރުމީނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ޝިރުމީނާ އަބޫބަކުރާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

comment ކޮމެންޓް