ޓްރަމަޕް ވޯޓު ލައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕް--

އެމެރިކާގެ ރިޔާސީ އިންތިހާބުގެ "އާލީ ވޯޓިން" ނުވަތަ ކުރިން ވޯޓު ލުމުގެ މަރުހަލާގައި، އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަަމްޕް ވޯޓު ލައްވައިފިއެވެ.

ޓްރަމަޕް ވޯޓު ލެއްވީ ފްލޮރިޑާގެ ޕާމް ބީޗް ކައުންޓީގައެެވެ. މިއީ އެމެރިކާގައި ތާރީހުގައި، ވެރިކަން ކުރައްވަމުން ގެންދަވާ ރައީސްއަކު ފްލޮރިޑާގައި ވޯޓުލީ ފުރަތަމަ ފަހަރެވެ.

ޓްރަމްޕް ވޯޓު ލެއްވިއިރު އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް ބައިވެެރިވެއެއް ނުލައްވައެވެ.

"އަޅުގަނޑު ވޯޓު ދެއްލީ ޓްރަމްޕް ކިޔާ ބޭފުޅަކަށް" ވޯޓުލާ ތަނުން ނިކުމެވަޑައިގެން ޓްރަމަޕް ސަމާސާ ރާގަކަށް ވިދާޅުވިއެވެ.

ވޯޓް ލެއްވުމަށްފަހު ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވޯޓުލުމަކީ ބޮޑު ފަޚުރެއް ކަމަށެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބްގައި ޓްރަމްޕް ވޯޓު ލެއްވީ މެންހެޓަންގެ ސްކޫލެއްގައެވެ.

ފްލޮރިޑާއި "އާލީ މެއިލް އިން ޕާސަން" ގެ ވޯޓުގައި ޑިމޮކްރެޓުން 2.1 މިލިއަން މީހުން ވޯޓު ލައިފައިވާއިރު ރިޕަބްލިކަންގެ ފަރާތުން ވޯޓުލާފައިވަނީ 1.6 މިލިއަން މީހުންނެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބް އޮންނާނީ ނޮވެމްބަރުމަހު ތިން ވަނަ ދުވަހުއެވެ.

މިފަހަރު އެމެރިކާގެ ރައީސްއާ ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީން ނުކުމެވަޑައިގެންނަވަނަނީ އެމެރިކާގެ ކުރީގެ ނާއިބު ރައީސް ޖޯ ބައިޑެންއެވެ.

comment ކޮމެންޓް