ހުޅުމާލޭގައި އިމާރާތަކުން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

ހުޅުމާލެ ހޮސްޕިޓަލްގައި އަނިޔާވި މީހާއަށް ދަނީ ފަރުވާ ދެމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގެ އިމާރާތެއްގެ ތިން ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި އެކި ވަރުގެ އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުން މިރޭ ބުނެފައި ވަނީ ހުޅުމާލޭގެ ލޮޓް 10527ގެ އިމާރާތެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު އިމާރާތުގެ ތިންވަނަ ފަންގިފިލައިން ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި ވެއްޓި އަނިޔާ ވެފައިވަނީ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ އިމާރާތުުން ވެއްޓުނު މީހާއަށް ހޮސްޕިޓަލުން މިހާރު ފަރުވާ ދެމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް އެ މީހާގެ ހާލަތު ސީރިއަސް ނޫން މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް އިތުރަށް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް