މާދަމާގެ މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މާދަމާ ބާއްވަން ތާވަލު ކުރި ޖަލްސާ ކެންސަންކޮށްފި އެވެ.

މާދަމާ ހެނދުނު ނުވައެއް ޖަހާއިރަށް ތާވަލު ކުރި ޖަލްސާ ކެންސަލް ކުރި ކަން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.

ޒިޔާއު ވިދާޅުވީ މާދަމާގެ ޖަލްސާ ކެންސަލް ކުރި ނަމަވެސް މަޖިލީހުގެ އިދާރާ ހުޅުވިފައި ހުންނާނެ ކަމަށެވެ. އަދި ކައުންޓަރު ވެސް ހުޅުވާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީތަކުގެ މަސައްކަތްތައް ވެސް ކުރިއަށް ދާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ. މަޖިލީހުގެ މުވައްޒަފުންގެ ތެރެއިން ކޮމިޓީތަކުގެ މަސައްކަތަށް ބޭނުންވާ އެންމެ މަދު ސްޓާފުން މަސައްކަތަށް ނުކުތް ނަމަވެސް ގޭގައި މުވައްޒަފުން މަސައްކަތް ކުރާން ކަމަށް ޒިޔާއު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު ކުރިއަށް ތިން ދުވަހަށް ސަރުކާރުގެ އޮފީސްތައް ވެސް ބަންދު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެކަން ކޮންޓްރޯލް ކުރުމަށެވެ. އަދި ސަރުކާރު މުވައްޒަފުން ވެސް ގޭގައި މަސައްކަތް ކުރާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް