ލަފާޖް މޯލްޑިވްސްގެ ހިއްސާދާރުންނަށް ބަދަލެއް

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ލަފާޖް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑުގައި އޮންނަ ސްވިޒަލޭންޑްގެ ކުންފުނީގެ ހިއްސާ އޮމާންގެ ކުންފުންޏަކަށް ބަދަލުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ އެކުންފުނީގެ 25 ޕަސެންޓް ހިއްސާ އޮންނަ ލަފާޖް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑްގައިވާ ސްވިޓްޒަލޭންޑް ގެ ސިމެންޓިޔާ ހޯލްޑިން އޭޖީ އިން ހިއްސާކުރާ 75 ޕަސެންޓް ހިއްސާ، އޮމާންގެ ކުންފުންޏެއް ކަމަށްވާ ރޭސޫޓް ސިމެންޓް ކޮމްޕެނީ ސައޮގް އަށް ބަދަލުކުރުމަށް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

މިބަދަލާއެކު، ލަފާޖް މޯލްޑިވްސް ސިމެންޓް ކުންފުނީގެ ނަމަށް އަންނަ ބަދަލު، އެ ކުންފުނިން އިޢުލާން ކުރާނެކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި ބަދަލުގެ ސަބަބުން، އެ ކުންފުނީގައިވާ އެސްޓީއޯގެ ހިއްސާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

ލަފާސް އިން ރާއްޖޭގައި ވިޔަފާރި ކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުން ފެށިގެންނެވެ. ރާއްޖޭގެެ ސިމެންތި މާކެޓުގެ 35-45 ޕަސެންޓް ހިއްސާ ކުރަނީ ލަފާޖު ސިމެންތި އެވެ.

comment ކޮމެންޓް