އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަސްޓަމަރުންނަށް ތަފާތު އޮފާ ތަކެއް އިއުލާނުކޮށްފިއެވެ.
ބޮޑެތި ޑޭޓާ ޕެކްތަކާއި، ވެލިޔު ޝެއާ ޕެކްތަކުން ފެށިގެން މަގޭ ޕްލޭންތަކަށް ލިބޭ އިތުރު ބޯނަސްތަކާއެކު، މި ޢީދުގެ އޮފާތައް ފަރުމާކޮށްފައި ވަނީ، ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް، އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށެވެ.
އެގޮތުން މިއަހަރުގެ ބޮޑު ޢީދުގެ އޮފާތަކަކީ:
1. އަވާލީ ޑޭޓާ ޕެކް – އެއް ގަޑިއިރަށް 26 ޖީބީ ޑޭޓާ
މި އޮފާގައި ބޮޑު ޢީދުގެ ފޯރިގަދަ ވަގުތުތައް، އާއިލާ އާއި ރައްޓެހިންނަށް ހިއްސާކުރުމަށް 26 ޖީބީ ޑޭޓާ އެއް ގަޑިއިރަށް ނެގޭނެއެވެ. އެންމެ 20 ރުފިޔާއަށް ނެގޭ މި ޕެކް، ޝޯޝަލް މީޑިއާގައި ވަގުތުން ސްޓްރީމް ކުރުމަށާއި، ފޮޓޯ އަދި ވީޑިޔޯ ޝެއާ ކުރުމަށް ބޭނުންކުރެވޭނެއެވެ.
2. ވެލިއު ޝެއާ ޕެކް - 100 ޖީބީ
މި އޮފާގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްޞަ 100 ޖީބީ ޕެކްތަކާއެކު، މި ޢީދުގެ އުފާ ގާތް މީހުންނާ ހިއްސާ ކުރެވޭނެއެވެ. އަދި އަމިއްލަ ބޭނުމަށް ވެސް މި ޕެކްތައް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި ގާތް މީހުންނަށް ހިއްސާ ކުރެވޭ ޕެކްތަކަކީ:
- 100 ޖީބީ 10 ދުވަހަށް - 300 ރުފިޔާ
- 100 ޖީބީ 5 ދުވަހަށް - 200 ރުފިޔާ
މި ޖުމްލަ 100 ޖީބީގެ ތެރެއިން، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. އަދި ޝެއާކުރާ ޑޭޓާ ބަހާލެވޭނީ ދެ ޕްރީޕެއިޑް ނަންބަރަށް، ކޮންމެ މީހަކަށް 30 ޖީބީ ކަމަށް ވެސް އުރީދޫން ބުންޏެވެ.
މީގެ އިތުރުން، އަމިއްލަ ބޭނުމަށް ނެގޭނެ އިތުރު ޕެކްސްތަކަކީ
- 100 ޖީބީ 5 ދުވަހަށް – 150 ރުފިޔާ
- 100 ޖީބީ 3 ދުވަހަށް – 100 ރުފިޔާ

އުރީދޫގެ ފަރާތުން މި ޢީދަށް ޚާއްސަ އޮފާތަކެއް އިއުލާނުކޮށްފި -- ފޮޓޯ/ އުރީދޫ
3. ޑޭޓާ ޕެކް ހަދިޔާކުރައްވައިގެން ހިލޭ ޑޭޓާ ހޯއްދަވާ
މި އޮފާގައި އީދު ހަދިޔާއެއްގެ ގޮތުގައި ގާތް މީހުންނަށް ޑޭޓާ ޕެކް ހަދިޔާކޮށްގެން އިތުރު އިނާމުތަކެއް ހޯދޭނެއެވެ. މިގޮތުން ހަދިޔާ ކުރާ ކޮންމެ ޑޭޓާ ޕެކަކާއެކު، ހިލޭ ޑޭޓާ ލިބިގެން ދާނެއެވެ:
- ފުރަތަމަ ޕެކް ފޮނުވުމުން: 1 ޖީބީ (4 ގަޑިއިރަށް)
- ދެވަނަ ޕެކް ފޮނުވުމުން: 10 ޖީބީ (6 ގަޑިއިރަށް)
- ތިންވަނަ ޕެކް ފޮނުވުުމުން: 100 ޖީބީ (4 ގަޑިއިރަށް)
- ހަތަރުވަނަ ޕެކް ފޮނުވުމުން: 200 ޖީބީ (4 ގަޑިއިރަށް)
މި އޮފާތައް ފެށޭނީ އަޟްހާ ޢީދު ދުވަހުން ފެށިގެން، ޢީދު ނިމެންދެން ކަމަށް އުރީދޫން ބުންޏެވެ.
4. މަގޭ ޕްލޭނަށް ޢީދު ހަދިޔާ
މަގޭ ޕްލޭން އެކްޓިވޭޓް ކުރާ ފަރާތްތަކަށް ޚާއްސަ ޢީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 25 އިންސައްތަ ބޯނަސް ޑޭޓާ ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ އަޟްޙާ ޢީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ހިއްސާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި މިފަދަ ޚާއްސަ އޮފާތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކަސްޓަމަރުންނަށް ސީދާ އުރީދޫ އެޕް މެދުވެރިކޮށް މި އޮފާތައް އެކްޓިވޭޓް ކޮށްލެވޭނެއެވެ.